Advertisement

މެޓާބޯ 18ވީ ކޯޑްލެސް ކޮމްޕެކްޓް ޑްރިލް ސެޓް

25 އޭޕްރީލް 2022 - 12:06 0


މެޓާބޯ 18ވީ ކޯޑްލެސް ކޮމްޕެކްޓް ޑްރިލް ސެޓް

25 އޭޕްރީލް 2022 - 12:06 0

މެޓާބޯ އަކީ ސަމާސާއެއް ނޫނޭ ބުނެ ވެލިގާއިން އިސްތިހާރު ކުރަނީ ކަމެއް ވެގެންކަން މި ކޯޑްލެސް ޑްރިލް/ހެމާއިން އެނގޭނެ އެވެ. މި ޕްރޮޑަކްޓް ތަޖުރިބާކޮށްފައިވާ ނަމަ، މިއީ ސަމާސާ ވާހަކައެއް ނޫންކަން ވެސް ކަށަވަރުވާނެ އެވެ.

ޖަރުމަނު ވިލާތުގެ މެޓާބޯ މަރުކާގެ 18 ވޯލްޓްގެ ކޯޑްލެސް ޑްރިލްއަކީ އޭގެ ގާބިލްކަމާމެދު ޝައްކެއް ނުކުރެވޭ މިންވަރަށް މޮޅު، މަސައްކަތްތެރިނަށް މަރެއް ފަދަ އުފެއްދުމެކެވެ.

މަސައްކަތް ކުރަމުން ދާއިރު ކޮންޓްރޯލްކުރުމާއި ބެލެންސް ހިފެހެއްޓުމަށް ޑްރިލްގެ ދެ ކޮޅަށް ބަރުދަން ހެޔޮވަރުވެ، ހިފަހައްޓަން ފަސޭހަ، އަތަށް ވެސް ހެޔޮވަރެވެ. ވާތްތެރިއެއް، ކަނާތްތެރިއެއް މުހިންމެއް ނޫނެވެ. ކޮންމެ މީހަކަށް ފަރިތަކަމާއި ފަސޭހަ ކަމާއެކު ބޭނުންކޮށްލެވެ އެވެ.

ފެންވަރު ރަނގަޅު ޕްލާސްޓިކް ފޮށްޓެއްގައި ބަންދުކޮށްފައިވާ މި ޑްރިލް ސެޓާއެކު ލިބޭ ރިޗާޖްކުރެވޭ ދެ ބެޓެރީގެ ސަބަބުން، މަސައްކަތުގެ ވަގުތު ބޭކާރު ނުވެ ކުރިއަށް ގެންދެވެ އެވެ. ރޭގަނޑުގެ ވަގުތެއްގައި މަސައްކަތްކުރަންޖެހޭ ނަމަ ޑްރިލްގައި ހިމަނާފައިވާ ލެޑް ލައިޓުން، މަސައްކަތަށް އޮތް އަނދިރިކަން ފިލުވާލަދެ އެވެ.

ތޮރުފުމަށް، އިސްކުރު ކަށިގަނޑަކަށް، އަދި ހެމާއެއްގެ ގޮތުގައި ވެސް މި އުފެއްދުން ބޭނުން ކޮށްލެވޭނެ އެވެ.

ފާހަގަކޮށްލެވޭ ބައެއް މައުލޫމާތު

  • އުފެއްދީ: މެޓާބޯ، ޖަރުމަނު ވިލާތް
  • ވޮލްޓޭޖް: 18 ވޯލްޓް
  • ޕަވާ: ރިޗާޖްކުރެވޭ ބެޓަރީ އެލް-އައި ޕަވަރ
  • ބެޓެރީ ޕެކު: 2 އެމްޕަޔަރުގެ 2 ބެޓެރި
  • ނޯ ލޯޑް ސްޕީޑް:0-450 / 0-1800 އާރްޕީއެމް
  • ބާރުމިން: 50/25 ޓޯކު
  • ޑްރިލިން ޑައިމީޓާ: މަޑު ލަކުޑ20ި، ދަގަނޑު 10 އެމްއެމް
  • ބަރުދަން: 1.6 ކިލޯގްރާމް(ބެޓެރީއާއެކު)
  • އުސްމިން: 7.9 އިންޗި، ދިގުމިން: 7 އިންޗި
  • ވޮރަންޓީ: ބުރުމާ 1 އަހަރު / ބެޓެރީ 3 އަހަރު
  • އިތުރު މައުލޫމާތު: ވެލިގާ.ކޮމް

މި ޑްރިލް ވެލިގާއިން ވިއްކާ އަގަކީ 5088 ރުފިޔާ އެވެ. ވެލިގާ ނެޓަށް ލާފައިވާއިރު، މިހާރު އެއްޗެއް ގަތުމަށް ހުރި ތަނެއް މުހިންމެއް ނޫނެވެ. ރަށަށް ވެސް، އަތަށް ވިޔަސް، ޑެލިވަރީކޮށް ދެ އެވެ.

ވެލިގާއިން ވިއްކާ މުދާ ލިބެން ހުރިތޯ ނެތްތޯ ވެލިގާ.ކޮމް އިން ބަލައިލެވޭނެ އެވެ. ވިޔަފާރި މުއާމަލާތްކޮށްލަން ވެސް މި އޮންލައިން ފިހާރަ އެހާމެ ފަސޭހަ އެވެ.