Advertisement

ވާގޮތް: ގަލުވަޑާން ފެށިގެން އައި ގޮތާއި ރާއްޖޭގެ ބިނާތައް

14 އޭޕްރީލް 2022 - 15:03 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ ހުކުރު މިސްކިތް. މިއީ ގަލުވަޑާމުގެ ފުރިހަމަ މަސައްކަތެއް --- ފޮޓޯ: މުހައްމަދު އިސާމް/އަދަދު


ވާގޮތް: ގަލުވަޑާން ފެށިގެން އައި ގޮތާއި ރާއްޖޭގެ ބިނާތައް

14 އޭޕްރީލް 2022 - 15:03 1

ރާއްޖެއަށް އަރާ ކޮންމެ ފަތުރުވެރިއެއްގެ ލޯ އަމާޒުވެފައިވާ "ހުކުރު މިސްކިތް" ބިނާއަށް ކާބަފައިން ކޮށްފައިވާ ކުޅަދާނަ މަސައްކަތަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެފަދަ ދެވަނައެއް ނެތް މަސައްކަތެއް ކަމަށް ތާރީހު ދިރާސާކުރާ މާހިރުން ވިދާޅުވެ އެވެ.

ގަލުވަޑާމުގެ މަސައްކަތްތަކުގެ ތެރެއިން މި ޖީލާއި ހަމައަށް ފެންނަންހުރި އެންމެ ދުވަސްވީ އެއްބިނާއަކީ މާލޭގެ ހިކުރު މިސްކިތޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ހިރިގަލުން ކަނޑާ ނަގައިގެން މިސްކިތް ޒީނަތްތެރިކޮށްފައި ވާއިރު، މިއީ ޒަމާނީ އަތްތެރި ކަމުގެ ވަސީލަތްތައް ނެތް ޒަމާނެއްގައި ކޮށްފައިވާ ބުރަ މަސައްކަތެއްކަތެކެވެ. ނަމަވެސް ހިތާމަ އަކީ މިމަސައްކަތް މިހާރު ގާތްގަނޑަކަށް އުވިގެން ގޮސްފައިވުމެވެ.

ދިވެހިރާއްޖޭގައި ގަލުން ބިނާތައް ހަދަން ފެށުން

އެންމެ ކުރީގައި ރާއްޖޭގައި ދިރިއުޅުނުކަމުގެ ނިޝާންތައް ފެންނާން ހުރީ ކުރީގައި އުޅުނު ބުދު ދީނުގެ މީހުން ހަދާފައިވާ ގަލުގެ ބިނާތަކުންނެވެ. ލިބެން ހުރި އާކިއޮލޮޖިކަލް ހެކިތަކަށް ބިނާކޮށް ތާރީޚީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖޭގައި އެފަދަ ތަންތަން ގަލުން ހަދަން ފަށައިފައިވަނީ ދެ ވަނަ ގަރުނުގަ އެވެ.

ރާއްޖޭގައި މޫދުގައި އުފެދޭ ގަލުން ބިނާތައް ހެދުމުގައި އެކި ބާވަތްތަކުގެ ގައު ބޭނުން ކުރެ އެވެ. އަދި އެންމެ ކުރީގައި ދެ ވައްތަރެއްގެ ގައު ބޭނުން ކުރި އެވެ. އެއީ ވެލިގަލާއި ހިރިގަލެވެ.

ގަލުވަޑާން ފެށިގެން އައި ގޮތް

ހިރިގާ ނެގުމަކީވެސް އޭރުގައި ދިވެހިން ކޮށްއުޅުން އާއްމު މަސައްކަތެކެވެ. އެކަން ކުރާ ގޮތަކީ އެންމެ ފުރަތަމަ ގަލުގައި ގޮމަ ކަނދު ބަންނާނީ އެވެ. ގޮމަ ކަނދު އައްސައިގެން ގާ ފެންމަތިކޮށް ދަމާފައި އެއްގަމަށް ގެންނަނީ އެވެ.

ގާ ގެނައުމަށް ފަހު ގާ ތަޅާނީ އަންހެނުން ކަމަށް ތާރީހު ދިރާސާ ކުރައްވާފައިވާ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ގާ އެއްކޮށް ތެޅުމަށް ފަހު އޭގެން ތަނެއް ނުވަތަ ގެއެއް އެޅުމަށް ބޭނުންކުރާނަމަ އެ ގަލުގެ ބަށްޓަން ހަތަރެސްކަނަށް އެ ގަލަށް ގެންނަނީ އެވެ. އެތަނެއް ބިނާކުރަން ފަށަނީ ގަލަށް ގެންނަ ޑިޒައިން ގެނެސް ނިންމުމަށް ފަހު އެވެ.

ގަލު ވަޑާމުގެ މަސައްކަތް އިންސާނުން ފެށީ ކިހާ ކުރިއަކުން ކަމެއް ނޭނގެ އެވެ. ސައިންސް ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ވަޑާން ކުރާ މީހުން އެވަޑާން ގަލަށްވެސް ގެނައީ އެވެ. ވަޑާން އެކި ގޮތް ގޮތަށް ކޮށައި މަށައިގެން ގެންނަ ސޫރައަށް ކިޔަނީ ކުރަހަނި ކަމެވެ. މިއީ އެޒަމާނުގައި ސަރުކާރުތަކުން އުޖޫރަދީކޮށްގެން ކުރުވައި އުޅުނު މަސައްކަތެއް ކަމަށް ވެސް ބުނެވެ އެވެ. ކުރަހަނިކަން ކޮށްފައި ހުންނަ ކޮންމެ ކެނޑުމަކުން ދައްކައިދެނީ ދިވެހިންގެ ވަރަށް ގިނަ މެސެޖް ތަކެކެވެ. ދިވެހިންގެ ދިރި އުޅުމާއި ވަށްޓަފާޅި ދައްކުވައި ދެ އެވެ.

ގަލުވަޑާން ފެންނަން ހުރި ބައެއް މިސްކިތްތައް

  1. އިހަވަންދޫ އާސާރީ ހުކުރު މިސްކިތް
  2. މީދޫ އާސާރީ ހުކުރު މިސްކިތް
  3. މާލެ ހުކުރު މިސްކިތް
  4. ފެންފުށި އާސާރީ ހުކުރު މިސްކިތް
  5. އިސްދޫ އާސާރީ މިސްކިތް
  6. ހުޅުދޫ ފަނޑިޔާރު މިސްކިތް
  7. ކެލާ އާާސާރީ ހުކުރު މިސްކިތް
  8. ނޮޅިވަރަމް އާސާރީ ހުކުރު މިސްކިތް
  9. ހުރާ އާސާރީ މިސްކިތް
  10. މާލެ އީދު މިސްކިތް
  11. މާލެ ކަޅުވަކަރު މިސްކިތް
  12. މާމިގިލި އާސާރީ މިސްކިތް
  13. ވޭވަށް އާސާރީ މިސްކިތް
  14. ބިލެއްދޫ އާސާރީ މިސްކިތް
  15. ނިލަންދޫ އާސާރީ ހުކުރު މިސްކިތް
  16. ރިނބުދޫ އާސާރީ ހުކުރު މިސްކިތް
  17. ބަނޑިދޫ އާސާރީ ހުކުރު މިސްކިތް
  18. ކުޑަހުވަދޫ އާސާރީ ހުކުރު މިސްކިތް
  19. ކަނޑޫދޫ އާސާރީ ހުކުރު މިސްކިތް
  20. ކުޑަ މިސްކިތް (ނަރުވާ މިސްކިތް)
  21. ގުރައިދޫ ޒިޔާރާތް މިސްކިތް
  22. ވަންދޫ އާސާރީ މިސްކިތް
  23. ފޮނަދޫ އާސާރީ ހުކުރު މިސްކިތް
  24. ދެއްވަދޫ އާސާރީ ހުކުރު މިސްކިތް
  25. ކޮނޑޭ އާސާރީ މިސްކިތް
  26. ހުޅުމީދޫ ބޯދާ މިސްކިތް

މިހާރު ރާއްޖޭގައި މި މަސައްކަތް ކުރާ މީހުން އުޅެނީ ބުނެވޭ ގޮތުގައި ފ.އަތޮޅުގައި އެކަންޏެވެ. ނަމަވެސް އެ އަތޮޅުގައި ވެސް މި މަސައްކަތުގައި މިހާރު އުޅެނީ ވަރަށް މަދުބައެކެވެ.