Advertisement

ރެސިޕީ: ބްލެކް ފޮރެސްޓް ޓްރިފްލް

10 އޭޕްރީލް 2022 - 14:14 0


ރެސިޕީ: ބްލެކް ފޮރެސްޓް ޓްރިފްލް

10 އޭޕްރީލް 2022 - 14:14 0

ބޭނުންވާ ތަކެތި

ކޭކަށް

  • 80 ގްރާމް ފުށް
  • 20 ގްރާމް ކޮކޯ ޕައުޑާ
  • 200 ގްރާމް ބިސް
  • މޭޒިމަތީ ސަމުސަލެއްގެ ވެމީލާ އެސެންސް
  • 100 ގްރާމް ހަކުރު
  • 40 ގްރާމް ބަޓާ (ދިޔާކޮށްފައި)

ކްރީމަށް ބޭނުންވާ ތަކެތި

  • 450 މިލިލީޓަރުގެ ވިޕިން ކްރީމް
  • 50 ގްރާމް އައިސިން ޝުގާ
  • މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • 100 ގްރާމް ޑާކް ޗޮކްލެޓް (ދިޔާކޮށްފައި)
  • 80 ގްރާމް ޗެރީ (ދަޅުގައި ބަންދުކޮށްފައި ހުންނަ)
  • 10-12 ޗެރީ

ތައްޔާރު ކުރާ ގޮތް:

އެންމެ ފުރަތަމަ ތަށްޓަކަށް ފުށާއި ކޮކޯ ޕައުޑަރު ކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ތެއްޔަކަށް ހޫނު ފެން އަޅާ އޭގެ ތެރެއަށް ތަށްޓެއްލައި އޭގެ ތެރެއަށް ބިހާއި އެސެންސާއި ހަކުރު އަޅާ ކައްކާލާށެވެ. އެއްޗެހި އަޅަމުން ދާއިރު އެއްކޮށްލާށެވެ. އޭގެ ތެރޭ އިން ތަށި ބާލާ ހޭންޑް މިކްސްޗަރަކުން އެއްކޮށްލާށެވެ. ރަނގަޅަށް ފޯމަށް ވަންދެއް އެކުރާށެވެ.

އެއަށްފަހު ކުރިން ތައްޔާރުކުރި ފުއްކޮޅު ތެރެއަށް ބަޓަރުކޮޅު އަޅާ އެއްކޮށްލާށެވެ. ޓްރޭއަކަށް އެޅުމަށްފަހު 180 ޑިގްރީ ސެލްސިއަސްގައި 8-10 މިނެޓް ވަންދެން ފިހޭށެވެ. ފިހެވުމުން ހިހޫ ކޮށްލާ ކުދިކޮށް ހަތަރެސްކަނަށް ކޮށާލާށެވެ.

ކްރީމް ތައްޔާރު ކުރުމަށް ވިޕިން ކްރީމާއި ހަކުރާއި އެސެންސް އަޅާ ފޯމަށް ވަންދެން އެއްކުރާށެވެ. އެއަށްފަހު ޑާކް ޗޮކްލެޓް ކޮޅުވެސް ދިޔާކޮށްލާށެވެ.

ކޭކް ލޭޔާގެ މައްޗަށް ދިޔާކުރި ޗޮކްލެޓްކޮޅު އަޅާށެވެ. އޭގެ މައްޗަށް ދަޅު ޗެރީގެ ލޭޔާއެއް އަޅާށެވެ. އެއަށްފަހު އޭގެ މައްޗަށް ތައްޔާރުކުރި ކްރީމް ލޭޔާ އަޅާށެވެ. އެގޮތަށް އިތުރު އެއް ލޭޔާ ތަކުރާރު ކުރާށެވެ. އެއަށްފަހު އެންމެ މަތީ ލޭޔާގައި ޗެރީ އަތުރާށެވެ.

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ