Advertisement

ރެސިޕީ: ޕައިނެޕަލް އަޕްސައިޑް-ޑައުން ކޭކް

7 އޭޕްރީލް 2022 - 14:03 0


ރެސިޕީ: ޕައިނެޕަލް އަޕްސައިޑް-ޑައުން ކޭކް

7 އޭޕްރީލް 2022 - 14:03 0

ބޭނުންވާ ތަކެތި

  • 120 ގްރާމް ބަޓަރު
  • 150 ގްރާމް ގްރެނުލޭޓެޑް ހަކުރު
  • 2 ބިސް
  • 180 ގްރާމް ފުށް
  • 1 ސައި ސަމުސާ ބޭކިން ޕައުޑާ
  • ¼ ސައިސަމުސާ ލޮނު
  • 2 ސައިސަމުސާ ވެނިލާ
  • 80 މިލި ލީޓަރުގެ ކިރު

ކޭކު މައްޗަށް އަޅާ ކެރަމެލް ހެދުމަށް ބޭނުންވާ ތަކެތި

  • 100 ގްރާމް ބްރައުން ޝުގާ
  • 60 ގްރާމް ބަޓަރު
  • އަލަނާސި ދަޅެއް
  • ޗެރީ

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ކެރަމެލް ތައްޔާރުކުރުމަށްޓަކައި ހެޔޮވަރުގެ ތެއްޔަކަށް ބްރައުން ޝުގާ އެޅުމަށް ފަހު ހަކުރުތައް ދިޔާވަންދެން ހޫނުކޮށްލާށެވެ. އެޔަށްފަހު އަވަނުގެ ޓްރޭއަށް ކެރަމެލްކޮޅު އެޅުމަށްފަހު ޓްރޭ ތެރޭގައި އަލަނާސި ފޮތިތައް ރީތިކޮށް އަތުރާލާށެވެ.

ކޭކު ފުއްގަނޑު ތައްޔާރުކުރުމަށްޓަކައި ފުށާއި ބޭކިން ޕައުޑަރު އެއްކޮށްލާށެވެ. އެހެން ތައްޓެއްގައި ބަޓަރާއި ހަކުރު އެއްކޮށް އިލެކްޓްރިކް މިކްސްސަރަކުން ގަދަޔަށް އެއްކޮށްލާށެވެ. ވެނިލާ އެސެންސްކޮޅާއި ބިސްތައް ވެސް މީގެ ތެރެޔަށް އަޅައި ރަނގަޅަށް މިކްސްކޮށްލަންވާނެ އެވެ.

ކުރިން ތައްޔާރު ކުރެވުނު ދެ ތަށީގައި ހުރި އެއްޗެހި އެއްތައްޓަކަށް އެޅުމަށްފަހު އަލުން އެތަކެތި ރަނގަޅަށް މޮޑެލާށެވެ.

ކޭކު ފުއްގަނޑު ތައްޔާރުކޮށް ނިމުމުން އަވަނުގެ ޓްރޭއަށް އަޅާލައި ރަނގަޅަށް ފަތުރާލާށެވެ. އަދި އަވަން 20-25 މިނެޓު ވަންދެން ޖައްސާށެވެ. ޖައްސާނީ 170 ޑިގްރީ ސެލްސިއެސްގަ އެވެ.

ކޭކު ފިހެ ނިމުމުން އަވަނުން ނަގައި އަނެއް ފުށަށް ޖަހާލުމުން މި ކޭކު ތައްޔާރު ކޮށް ނިމުނީ އެވެ.

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، އެ ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ.