Advertisement

ހަތް ރަށެއްގައި ހޮސްޕިޓަލް ހަދަން ބީލަމަށް ހުޅުވާލައިފި

6 އޭޕްރީލް 2022 - 09:57 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ށ. މިލަންދޫގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލުގެ ކުރެހުމެއް: ކޮންމެ ރަށެއްގައި ވެސް އަޅަނީ 30 އެނދުގެ ހޮސްޕިޓަލު -- ފޮޓޯ: އަދަދު ފައިލް


ހަތް ރަށެއްގައި ހޮސްޕިޓަލް ހަދަން ބީލަމަށް ހުޅުވާލައިފި

6 އޭޕްރީލް 2022 - 09:57 1

ރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލު އިމާރާތްތަކެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާނުކޮށްފި އެވެ.

ހޮސްޕިޓަލު އަޅަނީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގަ އެވެ. އެއިން ކޮންމެ ރަށެއްގައި ވެސް އަޅަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

ހޮސްޕިޓަލު އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި އޮތީ އެ މަސައްކަތަށް ޝަރުތުހަމަވާ ބަޔަކު ބަލާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އައިސީބީ) އުސޫލުގެ މަތިން ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް  1500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ އެވެ. ފައިސާ ބަލައިގަންނާނީ އަންނަ މަހުގެ ހަޔެއްގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 2:00 އަށެވެ. ރޯދަމަހު ހެނދުނު 09:30 އިން 1:00އަށެވެ.

ފައިސާ ބަލައިގަންނަނީ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.

އެ މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ކޮންމެ ރަށަކަށް 35،000 ޑޮލަރު ނުވަތަ އެއާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާއިން ހުށަހަޅަންޖެހެ އެވެ.