5 އޭޕްރީލް 2022 - 13:01 0
އަމަން ހަލީމް
އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް: ކޮވިޑުގެ ސަބަބުން އެންމެ ގިނަ ބަޔެއްގެ ވަޒީފާ ގެއްލުނު އެއް ދާއިރާއަކީ ޓޫރިޒަމް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
5 އޭޕްރީލް 2022 - 13:01 0
ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑް ބޭންކުން ހިންގާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓު ޕްރޮޖެކްޓު" ގެ ދަށުން އާ ޕްރޮގްރާމުތަކެއް ހިންގަން މިއަދު އިއުލާންކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި، އަލަށް ފަށާ ޕްރޮގްރާމުތަކުގެ ތެރޭގައި ހިމެނެނީ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ކޯހާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވިޔަފާރި ކުރަން ބޭނުންވާ ހުނަރާއި އެހީތެރިކަން ފޯރުކޮށްދޭން ފަރުމާކޮށްފައިވާ ޕްރޮގްރާމުތަކެވެ. އެއީ:
މިނިސްޓްރީން ޝާއިއުކޮށްފައިވާ ތަމްރީނު ޕްރޮގްރާމުތަކުގެ އުސޫލުގައިވާ ގޮތުން ވަޒީފާއަކަށް ނުދާ ނޫނީ ޕާޓް ޓައިމް ވަޒީފާއެއްގައި އުޅޭ 16 އަހަރާއި 65 އަހަރާ ދެމެދުގެ އެންމެނަށް މި ޕްރޮގްރާމުތަކުގައި ބައިވެރިވެވޭނެ އެވެ.
ކޯސްތަކަށް މީހުން ހޮވުމުގައި އިސްކަންދެނީ، ސަރުކާރުން ހިންގި އިންކަމް ސަޕޯޓް އެލަވަންސް ލިބުނު މީހުންނަށެވެ. އަދި، ޕްރޮގްރާމުގެ ބައިވެރިންނަށް އިނާޔަތެއްގެ ގޮތުން 5،000ރ. ލިބޭނެ އެވެ. އެކަމަކު ސްކިލްސް ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވާ މީހަކަށް މި ޕްރޮޖެކްޓުގެ ދަށުން ހިންގާ އެޕްރެންޓިސްޝިޕް ނޫނީ މާލީ އެހީ ލިބޭ ޕްރޮގްރާމެއްގައި ބައިވެރިނުވެވޭނެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ތަމްރީނު ޕްރޮގްރާމުތަކުގެ ދަށުން ހިންގަން ހަމަޖެހިފައިވާ ކޯސްތަަކަކީ:
އެކައުންޓިން
އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)
ޑައިވިން
މި ޕްރޮގްރާމުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އަދި، ވަކިވަކި ޕްރޮގްރާމުތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިތައް އެ މިނިސްޓްރީގެ ޖޮބް ސެންޓަރު ވެބްސައިޓުގައި ޝާއިއުކުރާނެ އެވެ. މި ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާނީ ޖޮބް ސެންޓާ ޕޯޓަލް މެދުވެރިކޮށް އޮންލައިކޮށެވެ.
ކޯހުގެ ބައިވެރިންގެ އިތުރުން މިނިސްޓްރީން ކަނޑައަޅާ ގޮތަށް މި ޕްރޮގްރާމުތައް ހިންގުމުގެ ޝައުގުވެރިކަން ހުރި ތަމްރީނު މަރުކަޒުތަކަށް ވެސް ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment