Advertisement

ރެސިޕީ: ބަނާނާ ކޭކް ލޯފް

4 އޭޕްރީލް 2022 - 14:25 0


ރެސިޕީ: ބަނާނާ ކޭކް ލޯފް

4 އޭޕްރީލް 2022 - 14:25 0

ބޭނުންވާ ތަކެތި

  • 2 ވައް ދޮންކެޔޮ
  • 40 ގްރާމް ބަޓަރު
  • 100 ގްރާމް ފުށް
  • 1 ބިސް
  • 1 ސައި ސަމުސާ ވެނިލާ އެކްސްޓްރެކްޓް
  • ½ ސައި ސަމުސާ ބޭކިން ސޯޑާ
  • ¼ ސައި ސަމުސާ ބޭކިން ޕައުޑާ
  • 115 ގްރާމް ހަކުރު
  • 1/8 ސައިސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް

ފުށާއި، ބޭކިން ޕައުޑާ، ބޭކިން ސޯޑާ އަދި ލޮނު ތައްޓަކަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

އެހެން ތައްޓެއްގައި މެލްޓެޑް ބަޓަރާއި ދޮންކެޔޮ އެއްކޮށްލާށެވެ. އަދި އެޔަށް ހަކުރާއި، ވެނިލާ އެކްސްޓްރެކްޓާއި، ބިސް ވެސް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ.

ސްޓެޕް ދެއެއްގައި ތައްޔާރުކުރި މިކްސްގެ ތެރެއަށް ކުރިން ތައްޔާރުކުރި ހިކި އިންގްރީޑިއެއްޓްސް އަޅާލައި އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.

ކޭކު ފުށްގަނޑު ޓްރޭއަށް އެޅުމަށްފަހު 106 ޑިގްރީ ސެލްޝިއަސްގައި އަވަނަށްލައި 30-40 މިނެޓު ވަންދެން ފިހެލާށެވެ. އަދި ކޭކު ފިހެ ނިމެ ހިހޫ ވުމުން އަވަހަށް ރަހަބަލާލާށެވެ.

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، އެ ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ.