Advertisement

މިނިމަމް ވޭޖާ ގުޅުވައި ޓޫރިޒަމްގެ ކުލިތައް ކުޑަކޮށްދެނީ

3 އޭޕްރީލް 2022 - 16:51 0

ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓެއް، މިނިމަމް ވޭޖް ދޭން ޖެހޭތީ ކުރާ އަސަރުކުޑަކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ޓޫރިޒަމްގެ ބިމުކުލި ކުޑަކުރަން މަޖިލީހަށް ހުށަހަޅާފައި.


މިނިމަމް ވޭޖާ ގުޅުވައި ޓޫރިޒަމްގެ ކުލިތައް ކުޑަކޮށްދެނީ

3 އޭޕްރީލް 2022 - 16:51 0

ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ރިޔާސީ އަދި ޕާލަމެންޓްރީ ވައުދުތައް ފުއްދުމުގެ ގޮތުން، ރާއްޖޭގައި މުވަައްޒަފަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނއެޅުމަށް ފަހު، އެއާ ގުޅުވައި، ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ކުލިކުޑަކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޓޫރިިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ޓޫރިޒަމަށް ދޫކުރާ ބިމުގެ ކުލިން އަކަފޫޓަކަށް ޖެހޭ ރޭޓުން އެއް ޑޮލަރު ނުވަތަ ދެ ޑޮލަރު ކަނޑައިލާނެ އެވެ.

ކުއްޔަށް އަންނަ ބަދަލު

  • ހއ. އަތޮޅުން ފަށައިގެން ށ. އަތޮޅަށް: ކުރިން އަކަމީޓަރަކަށް އަހަރަކަށް -/5 ޑޮލަރު މިހާރު -/4 ޑޮލަރު
  • ނ.އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް: ކުރިން އަކަމީޓަރަކަށް -/8 ޑޮލަރު، މިހާރު އަކަމީޓަރަކަށް -/6 ޑޮލަރުު.
  • ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް: ކުރިން އަކަމީޓަރަކަށް އަހަރަކު -/6 ޑޮލަރު، މިހާރު -/5 ޑޮލަރު.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލުގެ މަގުސަދުގެ ގޮތުން އެ ބިލް ހުށަހެޅި އެއް ސަބަބަކީ މިނިމަމް ވޭޖް ތައާރަފްކުރުމުން ރިސޯޓްތަކަށް މާލީ ގޮތުން ކުރާ އަސަރުތައް ކުޑަކުރުމުގެ ގޮތުން ބިމު ކުއްޔަށް ބަދަލު ގެނައުމެވެ.

ބިލުގެ އެހެން މަގުސަދުތަކުގެ ތެރޭގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް، ރަށްރަށުގެ ހިއްސާގެ އަގު ކަނޑައެޅުން ވެސް ހިމެނެ އެވެ.

މީހުން އުޅޭ ރަށްރަށުން ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ ހައްގުތައް ބަދަލުކުރުމުގައި ހުއްދަދޭނެ ފަރާތަކީ ކައުންސިލްތައް ކަމަށް ހެދުމަކީ ވެސް ބިލުގެ މަގުސަދެކެވެ.