Advertisement

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިއަން ހުރަސްކޮށް މި އަހަރުވެސް އާ ރެކޯޑެއް

9 ޑިސެންބަރު 2024 - 10:17 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް: މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.88 މިލިއަން ހުރަސްކޮށްފަ ---- ފޮޓޯ: އަދަދު


ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިއަން ހުރަސްކޮށް މި އަހަރުވެސް އާ ރެކޯޑެއް

9 ޑިސެންބަރު 2024 - 10:17 0

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިއަން ހުރަސްކޮށް، އަހަރެއްގެ ތެރޭ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުގެ އާ ރެކޯޑެއް ހަދައިފި އެވެ.

އިމިގްރޭޝަން އިން މިއަދު ބުނީ މިދިޔަ އަހަރު ރާއްޖެ އައީ ޖުމްލަ 1،878،539 ފަތުރުވެރިން ކަމަށެވެ. މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ އެޔަށްވުރެ އިތުރުވެފަ އެވެ.

މިއީ އެއް އަހަރު ތެރޭ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އަދަދެވެ. މި ރެކޯޑަކީ ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ފިޔަވާ އެހެން ހުރިހާ އަހަރެއްގައި ވެސް މުގުރަމުންދާ ރެކޯޑެކެވެ. ޓޫރިޒަމް މިނިސްޓްރީން މި އަހަރަށް ކަނޑައަޅާފައިވާ ޖުމްލަ ފަތުރުވެރިންގެ ޓާގެޓަކީ ދެ މިލިއަނެވެ.

ފަތުރުވެރިންގެ އާ ރެކޯޑާއެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ޓޫރިޒަމް އިންޑަސްޓްރީގެ ބުރަ މަސައްކަތާއި އެހީތެރިކަމުގެ ރަމްޒެއް ކަމަށެވެ.

އަދި، ކަނޑައަޅާފައިވާ ދެ މިލިއަނުގެ ޓާގެޓަށް ވާސިލްވުމަށް ވަޒީރު އަދި އޭނާގެ ޓީމާއި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފައިސަލް ލިޔުއްވާފައިވެ އެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ފަސް ގައުމަކީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނު އަދި އިޓަލީ އެވެ. މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާ އޮތީ ހަ ވަނައިގަ އެވެ.