Advertisement

އިންޑިއާ އާއި ނޭޕާލްއާ ދެމެދު ރޭލު ދަތުރުތައް އަލުން ފަށައިފި

3 އޭޕްރީލް 2022 - 11:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި ނޭޕާލްގެ ބޮޑު ވަޒީރު ޝޭރް ބަހާދުރް ދެއުބާ. -- ފޮޓޯ: ރޮއިޓާޒް


އިންޑިއާ އާއި ނޭޕާލްއާ ދެމެދު ރޭލު ދަތުރުތައް އަލުން ފަށައިފި

3 އޭޕްރީލް 2022 - 11:50 0

ޗައިނާ އާއި ނޭޕާލްގެ ގުޅުން ރަނގަޅު ވާން ފަށާފައިވާ ދަނޑިވަޅެއްގައި އިންޑިއާ އާއި ނޭޕާލްއާ ދެމެދު ކުރާ ރޭލު ދަތުރުތައް އަލުން ފަށައިފި އެވެ.

ތާރީހީ ގޮތުން ނޭޕާލުން އަބަދުވެސް ގެންގުޅެނީ އިންޑިއާ އާއި ޗައިނާއާ ދެމެދު ހަމަހަމަ ސިޔާސަތެކެވެ. ނަމަވެސް ނޭޕާލްގައި ޗައިނާގެ އިންވެސްޓްމަންޓް އިތުރު ވާން ފަށާފައި ވާތީ އެނެލިސްޓުން ދެކޭ ގޮތުގައި އިންޑިއާއާ އެކު އޮތް ގުޅުން ދުރުވާން ފަށާފައިވާ ކަމަށް ބެލެވެ އެވެ.

ނަމަވެސް ބޮޑު ވަޒީރު ޝޭރް ބަހާދުރް ދެއުބާ މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ ގައުމުން ބޭރަށް ދަތުރެއް ކުރެއްވީ އިންޑިއާއަށެވެ.

ތިން ދުވަހުގެ ދަތުރުގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައި، ހޮނިހިރު ދުވަހު ދެ ގައުމުގެ މެދުގައި ރޭލު ދަތުރުތައް ވަނީ އަލުން ފަށާފަ އެވެ. ދަތުރުތައް ކުރަނީ އިންޑިއާގެ ބިހާރް ސްޓޭޓުން ނޭޕާލަށެވެ.

ދެ ގައުމުގެ މެދުގައި އޮންނަ ރޭލު ދަތުރުތައް އަޕްގްރޭޑް ކުރަން މެދުކަނޑާލީ 2014 ވަނަ އަހަރު އެވެ. މިއީ އޭގެ ފަހުން ރޭލު ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

ދެ ލީޑަރުންގެ ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވީ ވިޔަފާރި ކުރިއަރުވައި، ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށެވެ. އޭގެ އިތުރުން ތެލުގެ އުފެއްދުންތައް ސަޕްލައި ކުރުމާ ގުޅޭ އެއްބަސްވުމެއް ވެސް ދެ ގައުމުން ފައިނަލް ކުރި އެވެ.