Advertisement

އުމްރާ ދަތުރާއި ހިލޭ ޑޭޓާ ލިބޭ އޮފާތައް އުރީދޫން ތައާރަފުކޮށްފި

2 އޭޕްރީލް 2022 - 23:12 0

އަމަން ހަލީމް

އަމަން ހަލީމް

އުރީދޫ ރޯމަ ޕްރޮމޯޝަނުގެ ޕޯސްޓަރެއް: ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އުރީދުން ގިނަ ޕްރޮމޯޝަންތަކެއް ހިންގާ. -- ފޮޓޯ: އުރީދޫ


އުމްރާ ދަތުރާއި ހިލޭ ޑޭޓާ ލިބޭ އޮފާތައް އުރީދޫން ތައާރަފުކޮށްފި

2 އޭޕްރީލް 2022 - 23:12 0

މި ރޯދަ މަހު އާއިލާ އާއި ރައްޓެހިން ޑިޖިޓަލްކޮށް ގުޅުވާލަދިނުމުގެ ބޭނުމުގައި އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

ރޯދައަށް ހާއްސަކޮށް އުރީދޫން ތައާރަފުކުރި ހާއްސަ އޮފާތަކުގެ ތެރޭގައި ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަންތަކާއި އުރީދޫގެ ހިދުމަތެއް އެކްޓިވޭޓް ކޮށްގެން ބައިވެރިވެވޭ ލަކީޑްރޯއަކުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ހިމެނެ އެވެ.

އުރީދޫން ރޯދައަށް ތައާރަފުކުރި އޮފާތަކާއި ހިދުމަތްތައް:

ނަސީބުވެރިންނަށް އުމްރާ ދަތުރާއި ހިލޭ ޑޭޓާ

މި ރޯދަ މަހު އުރީދޫގެ ކޮންމެ ހިދުމަތެއް އެކްޓިވޭޓު ކުރާ ކަސްޓަމަރަކަށް ވެސް ވަރަށް އަގުހުރި އިނާމުތަކެއް ލިބޭ ލަކީޑްރޯއެއްގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެގެން ނަސީބުވެރި 10 ކަސްޓަމަރަކަށް ކޮންމެ ހަފުތާއަކު 100 ޖީބީ ޑޭޓާގެ އިތުރުން ދެ ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ލިބޭނެ އެވެ.

ގުޑް މޯނިންގް މޯލްޑިވްސް

މި ޕްރޮމޯޝަންގައި ބައިވެރިވުމުން ކޮންމެ ދުވަހަކު 1 ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ އެވެ.

ހިލޭ ޑޭޓާ ހޯދަން، ކޮންމެ ދުވަހެއްގެ ފަތިހު 4:00 އިން ހެނދުނު 8:00 އާ ދެމެދު 5252 އަށް "BONUS" ޖައްސަވާފައި އެސްއެމްއެސް އެއް ފޮނުވާލުމުން ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ ބޭނުންކުރެވޭނީ އެކްޓިވޭޓު ކުރާ ވަގުތުން ފެށިގެން އެ ދުވަހު ހަވީރު 6:00 އަށެވެ.

ސުޕަނެޓް ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް

މި މަހު އަލަށް ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓް ކުރާ ނުވަތަ ސުޕަނެޓް ޕްލޭން އަޕްގްރޭޑު ކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު 100 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ އެވެ.

ސައޫދީގައި ތިއްބެވި އާއިލާ އާއި ރައްޓެހިންނާއި ގުޅާލުމަށް ހާއްސަ ސައުދީ އައިއީޑީ ޕެކް

ސައުދީ އައިޑީޑީ ޕެކް ބޭނުންކޮށްގެން ސައުދީއަރަބިއްޔާގައި ތިބި ރަހުމަތްތެރިންނާއި އާއިލާގެ މީހުންނަށް ގުޅަން ކަސްޓަމަރުންނަށް 100 މިނެޓާއި އެއް ޖީބީގެ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ހަމައެކަނި 150ރ. ލިބޭނެ އެވެ.

އެމް-ފައިސާ އަދި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފިތުރު ޒަކާތް

އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނީ އުރީދޫ އެޕް ޑައުންލޯން ކޮށްގެންނެވެ. އުރީދޫން ބުނީ ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް މި ހިދުމަތަށް މަރުހަބާ ކިޔާ ކަމަށެވެ. އެހެންކަމުން އުރީދޫ ނަމްބަރެއް ނުގެންގުޅުނު ނަމަވެސް އެމް-ފައިސާގެ ޒަރިއްޔާއިން ފިތުރު ޒަކާތް ދެއްކޭނެ އެވެ.

އޭގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭނެ އެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާނީ *909# އަށް ޑައަލް ކޮށްގެންނެވެ.

ޓެކްސްޓް އަ ކޮފީން ހިލޭ އެއް ޖީބީ ޑޭޓާ

މަގުބޫލު ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ކެއުމާާއި ބުއިންތަަައް ހަަަދިޔާާ ކޮށްލެވޭ ޓެކްސްޓަަ އަަަަ ކޮފީ މެދުވެރިކޮށް ހަަަަަދިޔާއެއް ފޮނުވަން ore.do/txtcofy ޒިޔާރާތްކޮށްލާށެވެ.

އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލާޓް

ސްމާޓް ފޯނު ނުގެންގުޅޭ ނޫނީ ވައިބާ ފަދަ އެޕްލިކޭޝަންތައް ބޭނުންނުކުރާ މީހުންނަށް ހާއްސަ މި ހިދުމަތް އެކްޓިވޭޓު ކުރަން ޖެހޭނީ “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކުރާށެވެ.

އެސްއެމްއެސްގެ ޒަރިއްޔާއިން ނަމާދު ވަގުތުތަކުގެ ނޮޓިފިކޭޝަން ލިބޭ މި ހިދުމަތަކީ އުރީދޫން ހިލޭ ފޯރުކޯށްދޭ ހިދުމަތެކެވެ.

ރީތިޓިއުންސް

“Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރައްވައިގެން ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތަކާއި ރީތި މަދަހަ ލިބޭނެ އެވެ.