Advertisement

މީރު ބައިޓްސް: ވެނީލާ ކޭކް

2 އޭޕްރީލް 2022 - 15:06 2


މީރު ބައިޓްސް: ވެނީލާ ކޭކް

2 އޭޕްރީލް 2022 - 15:06 2

ބޭނުންވާ ތަކެތި:

ވެނީލާ ކޭކް

  • 100 ގްރާމް ލޮނު ނާޅާ ބަޓަރު
  • 6 ބިސް
  • 200 ގްރާމް ކެސްޓާ ސުގާ
  • ސައިސަމުސަލެއްގެ ވެނީލާ އެސެންސް
  • 250 ގްރާމް ފުށް
  • ސައިސަމުސަލެއްގެ ބޭކިން ޕައުޑަރު
  • ސައިސަމުސަލެއްގެ ލޮނު

ކިރު ތައްޔާރުކުރުމަށް

  • 300 އެެމްއެލް ކޮންޑެންސްޑް މިލްކް
  • 250 އެމްއެލް މިލްކް
  • ސައިސަމުސަލެއްގެ މާފެން

ޓޮޕިން ކްރީމް، ޝާންޓިލީ

  • 285 ގްރާމް ވިޕްކްރީމް
  • ސައިސަމުސަލެއްގެ ވެނީލާ އެސެންސް
  • ޖޮޑެއްގެ 1/4 އައިސިން ސުގާ

ތައްޔާރުކުރާނެ ގޮތް

ބަޓަރާާއި ހަކުރު ރަނގަޅަށް އެކުވެ، ފޮނު އަރަންދެން ގަށާށެވެ. އެއަށް ފަހު ފަހަރަކު ބިހެއް އަޅައިގެން އެއްކުރަމުންގެންދާ ގޮތަށް ބިސް އަޅައި އެއްކޮށްލާށެވެ. ވެނީލާ ވެސް އެއްކުރާށެވެ.

އެއަށް ފަހު ތެތްކޮށް ހުރި ބަޔާއި ހިކިކޮސް ހުރި ބައި ( ފުށާއި ބޭކިން ޕައުޑަރު ފަދަ ބައިތައް)އެއްކޮށްލާށެ ވެ. އަދި ތަވައިގައި ހާކާލުމަށް ފަހު ފުއްގަނޑު އަޅައި އެއްވަރަކަށް ފަތުރައިލާށެވެ.

އެއަށް ފަހު 30 މިނެޓް ވަންދެން ފިހާށެވެ.

ކޭކް ރަނގަޅަށް ފިހެވިއްޖެތޯ ބެލުމަށް ކޭކްގެ މެދަށް ވަޅިއެއްގެ ކޮޅު ކޮއްޕާލާށެވެ. ކޭކް ރަނގަޅަށް ހިހޫވުމުން އުލެއް ބޭނުންކޮށްގެން ކޭކް ތޮރުފައިލާށެވެ. އެއަށް ފަހު ކުރިން ތައްޔާރުކުރި ކިރުއެތިން ބައެއް ކޭކަށް އަޅާށެެވެ.

ފްރިޖަށް ލާފައި އެއްރޭ ބަހައްޓާށެވެ. އެއަށް ފަހު ނަގައި ވިޕް ކްރީމް ފަތުރައިލާށެވެ.

މަންޒަރު ރީތިކުރަން (ގާނިޝްކުރަން) އަޅާނީ މުގުރާފައިވާ ޕިސްތާޗިއޯ އާއި ފިނިފެންމަލުގެ ފިޔައެވެ.

ކޭކް ސާވްކުރާ އިރު، ބާކީ ހުރިކިރުފޮދު އަޅައިލާފައި ދެވިދާނެ އެވެ. (ބޭނުންނަމަ)

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، އެ ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ.