Advertisement

ރައިސްގެ ކިބައިގައި އިންގްލެންޑްގެ ކެޕްޓަނަކަށް ވުމުގެ ޝަރުތުތައް ފުރިހަމަ: ސައުތުގޭޓް

29 މާރިޗު 2022 - 08:32 0


ރައިސްގެ ކިބައިގައި އިންގްލެންޑްގެ ކެޕްޓަނަކަށް ވުމުގެ ޝަރުތުތައް ފުރިހަމަ: ސައުތުގޭޓް

29 މާރިޗު 2022 - 08:32 0

ލަންޑަން (މާޗް 29) - އުމުރުން ހަގު ކަމުގައި ވިޔަސް ވެސްޓް ހޭމް ޔުނައިޓެޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސްގެ ކިބައިގައި އިންގްލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރުމުގެ ޝަރުުތު ފުރިހަމަ ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ކުރިން ޗެލްސީ ޔޫތު ޓީމަށް ކުޅުނު ރައިސް، 23، އަންނަނީ ކްލަބް ލެވަލްގައި ވެސްޓް ހޭމްގެ ކެޕްޓަންގެ ޒިންމާ ފުރިހަމަ އަށް އަދާކުރަމުންނެވެ. އައިވަރީ ކޯސްޓާ ދެކޮޅަށް މިރޭ އިންގްލެންޑުން ކުޅޭ އެކުވެރިކަމުގެ މެޗުގައި ހެރީ ކޭން ނުކުޅެފިނަމަ އިންގްލެންޑްގެ ކެޕްޓަން ބޭންޑް އަޅާނެ ކަމަށް ބެލެވެނީ ރައިސް އެވެ.

ސައުތުގޭޓް ބުނީ ރައިސް އަށް ކެޕްޓަން ބޭންޑް ދޭން ޖެހިއްޖެނަމަ އެކަން ކުރަން ފަސްޖެހެންވީ އެއްވެސް ސަބަބެއް އޮންނާނެ ކަމަށް ނުދެކޭ ކަމަށެވެ.

"މި ސީޒަނުގައި ރައިސްގެ ކިބައިން އަހަންނަށް އެ ފެންނަ ކޮންފިޑެންސާ. އޭނަ (ރައިސް)ގެ ކުޅުމާއި ލީޑަޝިޕްގެ ކަންކަމަށް ބަލާއިރު، އެއީ ކެޕްޓަނެއްގެ ކޮލިޓީ. އެންމެ ފަހުން އަހަރެމެން ސްވިޒަލެންޑް އަތުން މޮޅުވި މެޗުގައި ވެސް ރައިސްގެ ރޯލު ވަރަށް ބޮޑަށް ފާހަގަވި. ޑިފެންސް ކުރަން ޖެހުނަސް އެޓޭކަށް ބޯޅަ ގެންދަން ޖެހުނަސް ރައިސް އަށް ބަރޯސާވެވިދާނެ. މިއީ އަހަރެން ދެކޭގޮތުގައި ކެޕްޓަނެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް. އެކަން ރައިސްގެ ކިބައިގައި އެބަހުރި،" ސައުތުގޭޓް ބުންޏެވެ.

"ރައިސް، އިންގްލެންޑް ކެޕްޓަން ބޭންޑް އަޅައިގެން މެޗުތަކެއް ކުޅޭނެ ކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް،"

ސައުތުގޭޓް ބުނީ އިންގްލެންޑަށް ކުޅެމުން ރައިސް އަށް ގައުމީ ޓީމުގައި އިންޓަނޭޝަނަލް މެޗުތައް ލިބޭ ގޮތަށް މި ފަހަރުގެ ޔޫރޮޕާ ލީގުގައި ވެސްޓް ހޭމާ އެކު ވެސް ރައިސް އަންނަނީ ކްލަބް ފުޓްބޯޅައިގައި ވެސް ރީޖަނަލް ލެވަލްގައި މޮޅަށް ކުޅެމުން ކަމަށެވެ. އަދި މިއީ ރައިސްގެ ކެރިއަރުގައި ކުރިއަށްދާން ބަލާއިރު މުހިންމު ކަމެއް ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

ވެސްޓް ހޭމް އިން ރައިސް ވިއްކާލަން ކިޔާ އަގު އުޅެނީ 100 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ. ރައިސްގެ ސޮއި ހޯދަން މަސައްކަތް ކުރާ ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ހިމެނެ އެވެ.

އައިވަރީ ކޯސްޓާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.