Advertisement

ތުލުސްދޫ ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

25 މާރިޗު 2022 - 15:16 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ކ. ތުލުސްދޫ: ތުލުސްދޫ މޫދަށް އެރޭ ސަރަހައްދު ކައިރީގައި އޮއެބާރު ޗެނަލެއް އޮވޭ -- ފޮޓޯ: އައިލެންޑް ރޫމްސް މޯލްޑިވްސް


ތުލުސްދޫ ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

25 މާރިޗު 2022 - 15:16 0

މިއަދު ހެނދުނު ކ. ތުލުސްދޫ ކައިރިއަށް މޫދަށް އެރުނު އިޓަލީގެ ފަތުރުވެރިޔަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ތުލުސްދޫ ކައުންސިލް ރައީސް އަސްލަމް މޫސާ މި ނޫހަށް ވިދާޅުވީ މަރުވީ އުމުރުން 72 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނިފައިވަނީ ތުލުސްދޫގައި އާންމުކޮށް މީހުން މޫދަށް ގޮސް އުޅޭ ނެރުވެލި ސަރަހައްދުން ކަމަށް އަސްލަމް ވިދާޅުވި އެވެ. އެމީހާގެ ހަށިގަނޑު އެ ސަރަހައްދު މޫދުން ނެގީ އެ ސަރަހައްދުން ދިޔަ ލޯންޗެއްގައި އިން އިޓަލީގެ ފަތުރުވެރިޔެއްކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެމީހާގެ ހަށިގަނޑު އޮތީ ތަންކޮޅެއް ދުރުގަ، ކަނޑާވީ ދިމާލަށް. ދެން އެހިސާބުން ދަތުރުކުރި ލޯންޗަކަށް އެމީހާ ފެނިގެން އެތެރެ ވަރިއަށް ޖެހިލަން ބުނެލަން ދިޔައިމަ މި އެނގުނީ. އޭރު ވެސް ސްނޯކްލިން ގިއަރު އަޅައިގެން އޮތީ މޫނު ވަތަށް. އެހެންވީމަ އެމީހުން ވެސް އެވަރަކަށް ފުރަތަމަ ނުބަލާ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ނެރުވެލި ސަރަހައްދާއި ތަންކޮޅެއް ބޭރަށް އޮއެގަދަ ޗެެނަލްއެއް އޮންނަ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދާއި ދިމާލުންކަމަށެވެ. އޭނާ ވިދާޅުވީ އެވަގުތު ވެސް ނެރުވެލި ސަރަހައްދުގައި ގިނަ ބަޔަކު މޫދުގައި ތިބި ކަމަށެވެ.

އަދި ގެނބޭނަމަ މީހުން އާންމުކޮށް އެހީއަށް ގޮވައި ހަދާއިރު، އެމީހާގެ ފަރާތުން އެކަހަލަ އިޝާރާތެއް ވެސް ބަޔަކަށް ފާހަގަވެފައިނުވާ ކަމަށެވެ. އެމީހާގެ ހަށިގަނޑު މިވަގުތު އޮތީ ތުލުސްދޫ ހެލްތު ސެންޓަރުގައި ކަމަށް އަސްލަމް ވިދާޅުވި އެވެ. މިހާރު މާލެ ފޮނުވަން މަސައްކަތްކުރާ ކަމަށް އަސްލަމް ވިދާޅުވި އެވެ.