Advertisement

އަރަބި ގައުމުތަކާއި ސީރިއާގެ ގުޅުން ރަނގަޅު ކުރުމުގެ މަސައްކަތަށް އިރާނުން މަރުހަބާ ކިޔައިފި

24 މާރިޗު 2022 - 06:06 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ ފޮރިން މިނިސްޓަރު ހުސެން އާމިރް.


އަރަބި ގައުމުތަކާއި ސީރިއާގެ ގުޅުން ރަނގަޅު ކުރުމުގެ މަސައްކަތަށް އިރާނުން މަރުހަބާ ކިޔައިފި

24 މާރިޗު 2022 - 06:06 0

ދިމިޝްކު، ސީރިއާ (މާޗް 23) - އަރަބި ގައުމުތަކާއި ސީރިއާގެ ގުޅުން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައި ވާތީ އިރާނުން މަރުހަބާ ކިޔައިފި އެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދް ދާދި ފަހުން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފަ އެވެ.

އިރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އާމިރް ދިމިޝްކަށް ކުރެއްވި ދަތުރެއްގައި ސީރިއާގެ ފޮރިން މިނިސްޓަރު ފައިސަލް މެކްދާދް އާއި ނޭޝަނަލް ސެކިއުރިޓީ ބިޔުރޯގެ ވެރިޔާ އަލީ މަމްލޫކްއާ ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވީ ގުޅުން ރަނގަޅު ކުރުމުގެ މަސައްކަތައް މަރުހަބާ ކިޔާ ކަމަށެވެ.

ސީރިއާގެ 11 އަހަރުވީ ދާހިލީ ހަނގުރާމައިގައި އައްސަދުގެ ސަރުކާރަށް މާލީ އަދި އަސްކަރީ އެހީ އެންމެ ބޮޑަށް ފޯރުކޮށްދިން އެއް ގައުމަކީ އިރާނެވެ.

"ބައެއް އަރަބި ގައުމުތަކުން ސީރިއާއާ އެކު ގުޅުން ރަނގަޅު ކުރަން މަސައްކަތް ފަށާފައި ވާތީ މަރުހަބާ ކިޔަން. އެއީ އަޅުގަނޑުމެން އުފާ ކުރާ ކަމެއް،" އާމިރް ވިދާޅުވި އެވެ.

ސީރިއާގެ ދާހިލީ ހަނގުރާމަ ފެށި ފަހުން އަރަބި ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުގައި އައްސަދް ޔޫއޭއީއަށް ވަޑައިގެންނެވި މިދިޔަ ހަފްތާގަ އެވެ. އެކަމާ ގުޅިގެން އެމެރިކާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.