Advertisement

އިރާނުން އިރާގަށް މިސައިލް ހަމަލާތަކެއް ފޮނުވައިފި

13 މާރިޗު 2022 - 11:36 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ އޮފިޝަލުން ބުނީ ހަމަލާތައް ފޮނުވީ އިރާނުން ކަމަށް.


އިރާނުން އިރާގަށް މިސައިލް ހަމަލާތަކެއް ފޮނުވައިފި

13 މާރިޗު 2022 - 11:36 2

އާބިލް، އިރާގް (މާޗް 13) - އެހެން ގައުމަކުން އިރާގަށް ފޮނުވި 12 މިސައިލް ހަމަލާ ކުރުދީންގެ ސަރަހައްދީ ވެރިރަށް އާބިލްއަށް ވެއްޓިފައިވާ ކަމަށް ކުރުދީ އޮފިޝަލުން ބުނެފި އެވެ.

ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ކުރުދީ އޮފިޝަލުން ބުނެ އެވެ.، އެމެރިކާގެ އޮފިޝަލުން ރޮއިޓާޒްއަށް ވިދާޅުވީ ހަމަލާ ލޯންޗު ކުރީ އިރާނުން ކަމަށެވެ.

ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނުއުފުލަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެއީ "ބަލައިގަނެވޭނެ" ހަމަލާއެއް ނޫން ކަމަށެވެ. ހަމަލާގައި އެމެރިކާގެ ރައްޔިތަކަށް އަދި އާބިލްގައި ހުންނަ އެމެރިކާ ސަރުކާރުގެ އެއްވެސް ފެސިލިޓީއަކަށް ވެސް ގެއްލުމެއް ނުވެ އެވެ.

އާބިލްގެ އިންޓަނޭޝަނަލް އެއާޕޯޓު ހުންނަ ބިމުގައި މަރުކަޒުވެގެން ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް މީގެ ކުރިން ވެސް ރޮކެޓް އަދި ޑްރޯން ހަމަލާތައް ފޮނުވާފައިވެ އެވެ. އެ ހަމަލާތަކުގެ ތުހުމަތު ކުރެވެނީ އިރާނުގެ އަސްކަރީ ގްރޫޕްތަކަށެވެ. ނަމަވެސް އެފަދަ ހަމަލާއެއް ނުދޭތާ މިހާރު މަސްތަކެއް ވެއްޖެ އެވެ.

އެންމެ ފަހުން އެމެރިކާ ސިފައިންނަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ފޮނުވީ ޖެނުއަރީ 2020 ގަ އެވެ. އެއީ އެމެރިކާއިން އިރާނުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ މަރާލުމުން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.