Advertisement

އިރާނުގެ އަސްކަރީ ސެޓެލައިޓެއް ޖައްވަށް ފޮނުވައިފި

9 މާރިޗު 2022 - 06:40 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުން އެންމެ ފުރަތަމަ އަސްކަރީ ސެޓެލައިޓެއް ލޯންޗު ކުރީ 2020 ވަނަ އަހަރު.


އިރާނުގެ އަސްކަރީ ސެޓެލައިޓެއް ޖައްވަށް ފޮނުވައިފި

9 މާރިޗު 2022 - 06:40 0

ތެހްރާން، އިރާން (މާޗް 8) - އިރާނުން ކާމިޔާބުކަމާ އެކު ޖައްވަށް ފޮނުވި އަސްކަރީ ސެޓެލައިޓެއް ދުނިޔޭގެ އޯބިޓުގައި ދަތުރު ކުރަމުންދާ ކަމަށް ބުނެފި އެވެ.

އައިއާރްއެންއޭ ނިއުސް އެޖެންސީން ބުނީ ނޫރް-2 ގެ ނަން ދީފައިވާ އިރާނުގެ ދެ ވަނަ އަސްކަރީ ސެޓެލައިޓް ޖައްވަށް ފޮނުވީ ގައްސެދް ރޮކެޓެއްގައި ކަމަށެވެ.

"އެ ސެޓެލައިޓް މިހާރު ދަތުރު ކުރަމުން ދަނީ ދުނިޔެއަށް ވުރެ 500 ކިލޯމީޓަރު މަތިން އޯބިޓުގައި،" އެ އެޖެންސީން ބުންޏެވެ.

އިސްލާމިކް ރިވޮލިއުޝަނަރަީ ގާޑް ކޯޕްސްއިން ނެރުނު ބަޔާނެއްގައި ބުނީ ސެޓެލައިޓް ލޯންޗު ކުރީ ވެރިރަށް ތެހްރާންއާ 300 ކިލޯމީޓަރު އިރުން އޮންނަ ސެމްނަން ޕްރޮވިންސްގެ ޝާހްރޫދް ސަހަރާއިން ކަމަށެވެ.

ޓެލެކޮމިއުނިކޭޝަން މިނިސްޓަރު އިިއްސާ ޒަރެޕޫރް ނެރުނު ބަޔާނެއްގައި ބުނީ ނޫރް-2 އިން ފޮނުވި ފުރަތަމަ ސިގްނަލްތައް ބިމުގައި ހުރި ސްޓޭޝަންތަކަށް ލިބިފައިވާ ކަމަށެވެ.

"އެ ސެޓެލައިޓުން ކޮންމެ 90 މިނެޓަކު ދުނިޔެ ވަށާ ބުރެއް ޖަހާނެ އަދި އޭގެ މިޝަން ތިން އަހަރު ވަންދެން ކުރިއަށް ދާނެ."

ސެޓެލައިޓް ލޯންޗު ކުރުމަކީ އިރާނުގެ ބެލިސްޓިކް މިސައިލް ޓެކްނޮލޮޖީއަށް ކުރިއެރުން ލިބިދާނެ ކަމަކަށް ވާތީ އެމެރިކާއިން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ނަމަވެސް އިރާނުން ތަކުރާރުކޮށް ބުނަނީ ނިޔުކްލިއާ ހަތިޔާރު ހޯދަން ނޫޅޭ ކަމަށާއި ސެޓެލައިޓް އަދި ރޮކެޓް ލޯންޗު ކުރަނީ ގައުމުގެ ދިފާއީ ބޭނުމަށް ކަމަށެވެ.