Advertisement

ޔޫކްރެއިންގައި ހަނގުރާމަ ކުރަން ދާން ޑެންމާކް ރައްޔިތުންނަށް ހުއްދަ އެބަ އޮތް: ބޮޑު ވަޒީރު

28 ފެބުރުވަރީ 2022 - 13:15 3

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޑެންމާކްގެ ބޮޑު ވަޒީރު މެޓް ފްރެޑެރިކްސަން. -- ފޮޓޯ: އޭއެފްޕީ


ޔޫކްރެއިންގައި ހަނގުރާމަ ކުރަން ދާން ޑެންމާކް ރައްޔިތުންނަށް ހުއްދަ އެބަ އޮތް: ބޮޑު ވަޒީރު

28 ފެބުރުވަރީ 2022 - 13:15 3

ރަޝިއާގެ ސިފައިންނާ ދެކޮޅަށް ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމުގެ ހުއްދަ ޑެންމާކްގެ ރައްޔިތުންނަށް އެބަ އޮތް ކަމަށް ބޮޑު ވަޒީރު މެޓް ފްރެޑެރިކްސަން ވިދާޅުވެއްޖެ އެވެ.

"އެއީ ކޮންމެ މީހަކަށް ވެސް އޮތް އިހްތިޔާރެއް. މި ތަނުގައި ދިރިއުޅޭ ޔޫކްރެއިން ރައްޔިތުން ވެސް ބޭނުން ނަމަ ދާންވީ. އަދި މި ތަނުގައި އުޅޭ އެހެން މީހުން ވެސް ބޭނުން ނަމަ ސީދާ ހަނގުރާމައަށް ދާންވީ،" ޕްރެސް ކޮންފެރެންސެއްގައި އެކަމަނާ ވިދާޅުވި އެވެ.

"ގާނޫނީ ގޮތުން އެކަމަށް ހުރަހެއް އޮތް ކަމަކަށް ނުފެނޭ."

އާދީއްތަ ދުވަހު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގޮވާލެއްވީ ޔޫކްރެއިންގެ ދިފާއުގައި ހަނގުރާމައަށް އައުމަށެވެ.

ޔޫކްރެއިންގެ އެމްބަސީތަކުގައި ރަޖިސްޓްރީވެގެން "ބައިނަލްއަގްވާމީ ބްރިގޭޑް"ގެ ވޮލަންޓިއަރަކަށްވެ، ރަޝިއާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރެވޭނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

އޭގެ ކުރިން ވެސް ޒެލެންސްކީ ވަނީ ހަނގުރާމައިގެ ތަޖުރިބާ ހުރި އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ޔޫކްރެއިނަށް އައިސް އެހީވެދިނުމަށް ގޮވާލައްވާފަ އެވެ.

އާދީއްތަ ދުވަހު ކޯޕެންހޭގަންގައި ހުންނަ ރަޝިއާ އެމްބަސީ ކުރި މައްޗަށް 10،000 އަށް ވުރެ ގިނަ މީހުން އެއްވެ ކުރި މުޒާހަރާގައި ޑެންމާކްގެ ބޮޑު ވަޒީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

"ރަޝިއާގެ ސަބަބުން ނުރައްކާ ވަނީ ތި އެންމެންނަށް. މުޅި ޔޫރަޕަށް،" އެ މުޒާހަރާގައި ވާހަކަދައްކަވަމުން ފްރެޑެރިކްސަން ވިދާޅުވި އެވެ.