މީޑިއާނެޓްގެ އާ ސީރީޒް "ލަފްޒު"؛ ބަލާނެ ގޮތާއި އެނގެންވީ ވާހަކަތައް

ލަފުޒުގެ ޕްރޮޑިއުސަ މުހައްމަދު އަބްދުﷲ (މުހަންމާ)އާއެކު، އެ ސީރީޒުގެ ދެ ތަރިން. -- ފޮޓޯ: ދެކެދެކެވެސް ޕްރޮޑަކްޝަން

ލަފުޒުގެ ޕްރޮޑިއުސަ މުހައްމަދު އަބްދުﷲ (މުހަންމާ)އާއެކު، އެ ސީރީޒުގެ ދެ ތަރިން. -- ފޮޓޯ: ދެކެދެކެވެސް ޕްރޮޑަކްޝަން

މީޑިއާނެޓްގެ އާ އޮރިޖިނަލް ސީރީޒް "ލަފްޒު" ސްޓްރީމް ކުރަން ފެއްޓުމުން ދެކަމެއް ޔަގީންވި އެވެ - މީޑިއާނެޓުން ބެލުންތެރިން މާގިނަ ދުވަހަށް ފޫހިކޮށްފައި ނުބައިތިއްބާނެ އެވެ. ދިވެހި އޮރިޖިނަލް "ސަޅި" ކޮންޓެންޓު ގެނެސްދިނުމުގައި މާޔޫސްކޮށްނުލާނެ އެވެ.

ސަބަބަކީ ހޮނިހިރު ދުވަހުގެ ރޭ، މީޑިއާނެޓުން ވީޑިއޯ ކްލަބަށް ނެރުނު 15 އެޕިސޯޑުގެ ސީރީޒް އަކީ ދިވެހި އުފެއްދުންތަކަށް ލޯބިކުރާ މީހުންނަށް ބޭނުންވާނެ ހުރިހާ ޖަޒުބާތަކާއި ރަހައެއް ގެނެސްދޭނެ ވަރުގެ އުފެއްދުމެއް ކަން ފުރަތަމަ އެޕިސޯޑުން ވެސް ޔަގީން ވާތީ އެވެ.

"ލަފުޒް" އަކީ "ދެކެދެކެވެސް" ކުޑައިގެ ދަށުން، ކާމިޔާބު ޕްރޮޑިއުސަރު މުހައްމަދު އަބްދުﷲ އާއި އަހުމަދު ނިމާލްގެ ވަރަށް ހާއްސަ މަސައްކަތެކެވެ. ޑްރާމާގައި ދައްކުވައިދެނީ ޒުވާން އަންހެން ކުއްޖަކު ބައްޕައެއްގެ ލޯބި ހޯދުމަށް ކުރާ ދަތުރުގައި ކުރާ ތަފާތު ތަޖުރިބާތަކެކެވެ. އެކަމަށްޓަކައި ވާ ގުރުބާނީ ތަކާއި ކުޑައިރު ލޯބިން މަހުރޫމް ވެފައިވާ އެކަނިވެރި ހަޔާތަށް ދިރުމާއި އުފަލާއި ލޯބި ހޯދަން ހުރަސްކުރާ ގޮންޖެހުންތަކެވެ.

Advertisement

ލީޑް ރޯލުން ފެންނަނީ ކުރިއަރަމުން، މަގުބޫލުވަމުން އަންނަ ޒުވާން އަންހެންތަރި މަރިޔަމް ޝިފާ އެވެ. އޭނާއާ އެކު ފިރިހެން ލީޑުން ފެންނަނީ އަލީ އާޒިމް (ދޮން އައްޔަ) އެވެ. ސްކްރީން ޕްލޭ ލިޔެފައިވަނީ މަރިޔަމް މޫސާ އެވެ.

ސީރީޒުން ފިލްމީ ދާއިރާއަށް ވަރަށް އާ މޫނުތަކެއް ވެސް ތައާރަފްވާނެ އެވެ. މިއީ ވެސް ސީރީޒް އިތުރަށް ޝައުގުވެރިވާނެ އެއް ސަބަބެވެ.

"ހަމަޔަގީނުން ވެސް އެންމެ އެޕިސޯޑެއް ބަލައިގެން ވާގޮތެއް ނޭނގޭނެ. އެހާވެސް ހިތްގައިމުކޮށް މޮޅުކޮށް ސްކްރީން ޕްލޭ ލިޔެފައި އޮތީ. ޔަގީނުން ވެސް ބުނެވޭނީ ޑްރާމާ އެއްގައި ހުންނަންވާ ހުރިހާ ކުލައެއް، ރަހައެއް މީގައި ހުންނާނެ ކަން،" ސީރީޒްގެ މަސައްކަތާ ބެހޭ ގޮތުން ޕްރޮޑިއުސަރު މުހައްމަދު އަބްދުﷲ ބުންޏެވެ.

ކުރިއަށް މި އޮތް ދެ މަސް ދުވަހަށް ބަހާލައިގެން ފުރަތަމަ ސީޒަން ގެނެސްދޭނީ ކޮންމެ ހޮނިހިރު ދުވަހެއްގައި އާ އެޕިސޯޑެއް ސްޓްރީމް ކުރާ ގޮތަށެވެ. ވީޑިއޯކްލަބް މެދުވެރިކޮަށް އެމްއެސްޓީވީ، އެމްއެސް ލައިޓް އަދި އެމްއެސް މީޑިއާ ނެޓް އެޕްލިކޭޝަނުން ވެސް ސީރީޒްތައް ބަލައިލެވޭނެ އެވެ.

މީޑިއާނެޓުން ބުނެފައިވަނީ، "ލަފްޒް" އަކީ މުނިފޫހިފިލުވުމުގެ ދިވެހި ކޮންޓެންޓް ގިނަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރެވުނު ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހަންގަނޑުގެ ޒުވާންކަން ދަމަހައްޓަން ކެއުމުގައި ހިމަނަންވީ ތަކެތި

ހަންގަނޑު މުސްކުޅިވުމުން ރައްކާތެރިކޮށްދީ ޒުވާންކަން ދަމަހައްޓަން ބޭނުންނަމަ، ގަސްގަހާގެހިން ލިބޭ ކާނާއާއި ފައިދާހުރި ސަރުބީ އަދި ފާމެންޓް ކޮށްފައިވާ ތަކެތި ކެއުމުގައި ހިމެނުން މުހިންމެވެ. ތިމާވެށީގެ ނުސާފުކަމާއި އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ކޮލަޖަން އިތުރުކޮށްދޭ ފަދަ ސިއްހީ ގޮތުން ފައިދާހުރި ކާނާ ބޭނުންކުރުމަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށްވެސް ބޭނުންތެރި ކަމެކެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މަލަކް އާއި ޝާވިންގެ ލޯބީގެ ގުޅުން ސިއްރު ކުރުމުގެ ބަދަލުގައި، އެކަން މަލަކްގެ ބައްޕައަށް އެންގުމަށްޓަކައި އެމީހުން ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ޝާވިންގެ ވަޒީފާއާއި އާއިލީ މައުލޫމާތު އޮޅުންފިލުވުމުގެ ތެރެއިން، އޭނާއަކީ ރަށު ކައުންސިލްގައި މަސައްކަތްކުރާ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މީހެއްކަން ހާމަވިއެވެ.

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox