Advertisement

ހަ ރަށުގައި އެއާޕޯޓު އެޅުމަށް އެންމެ ދަށް އަގަކަށް ތިން މިލިއަން، އަލުން ހުޅުވާލައިފި

15 ފެބުރުވަރީ 2022 - 23:32 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ދ. ކުޑަހުވަދޫ އެއާޕޯޓު: މި ހަ އެއާޕޯޓް ތަރައްގީކުރުމަށް 133މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން ލަފާކޮށްފައިވޭ--


ހަ ރަށުގައި އެއާޕޯޓު އެޅުމަށް އެންމެ ދަށް އަގަކަށް ތިން މިލިއަން، އަލުން ހުޅުވާލައިފި

15 ފެބުރުވަރީ 2022 - 23:32 0

ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައި ބިޑް ކުރެވޭނެ އެންމެ ދަށް އަގުގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ އަގު ތިން މިލިއަން ޑޮލަރަށް ކުޑަކޮށް، އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އަލުން އިއުލާންކޮށްފި އެވެ.

އެންމެ ފުރަތަމަ އިއުލާން ކުރީ މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި އެއާޕޯޓެއް ތަރައްގީކުރަން ފައިނޭންސް ކުރުމަށް އެންމެ މަދުވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން ޑޮލަރު ކަމަށެވެ. އަދި މަސައްކަތަށް ކުރިން ހުޅުވާލާފައިވަނީ ޝައުގުވެރިކަން ފާޅުކުރުމުގައި މުޅި އެއަރޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށްވެސް ހުށަހެޅޭގޮތަށެވެ.

އެއާޕޯޓް ތަރައްގީކުރުމަށް ހުޅުވާލާފައި ވަނީ ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ.މަގޫދޫގެ އިތުރުން ރ.އަތޮޅުގެ ދެކުނު ބިތުގަ އެވެ. އެ މަޝްރޫއުތައް ސަރުކާރުން ހުޅުވާލީ ނިމުނު 2021ވަނަ އަހަރުގެ ޑިސެންބަރު 21ގަ އެވެ.

މީގެ އިތުރުން ގެނެސްފައިވާ ބަދަލަކީ އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ މަޝްރޫއުން ބައެއް ތަރައްގީކުރުމަށް ފައިނޭންސް ކުރެވޭގޮތަށް ހުޅުވާލުމެވެ.

ފައިނޭންސް ކުރުމުގެ އުސޫލު ކަނޑައަޅާފައިވަނީ އެއާޕޯޓް ތަރައްގީކުރުމަށް ދޭ އިންވެސްޓްމަންޓް އަދަދު އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓް އަދި އެތަނެއްގެ ބިމުގެ ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދާ އަޅައި ކަނޑައި ދޭގޮތަށެވެ.

ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. ޝައުގުވެރިކަން ފާޅުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެ އެވެ.

މި އެއާޕޯޓްތައް ތަރައްގީ ކުރުމަށް 133މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ. އެއީ ދިވެހި ރުފިޔާއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.