Advertisement

ސިޔާސަތުތައް ކަނޑައެޅުމުގައި ޔޫއެންޑީޕީގެ އެހީތެރިކަން ހޯދަނީ

15 ފެބުރުވަރީ 2022 - 19:22 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ދާއިރާއަކުން އެއްބާރުލުން ދިނުމަށް، ޔޫއެންޑީޕީއާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ


ސިޔާސަތުތައް ކަނޑައެޅުމުގައި ޔޫއެންޑީޕީގެ އެހީތެރިކަން ހޯދަނީ

15 ފެބުރުވަރީ 2022 - 19:22 1

ހަތަރު ދާއިރާއަކުން އެއްބާރުލުން ދިނުމަށް، އިކޮނަމިކް މިނިސްޓްރީން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމަކީ ސަރުކާރުގެ ޕޮލިސީތައް ކަނޑައެޅުމުގައި، އެވިޑެންސް ބޭސްޑް ޕޮލިސީމޭކިންއަށް ރިއާޔަތްކުރުމަށާއި، އ.ދގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމެކެވެ.

މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ސަބަބުން ޔޫއެންޑީޕީ އާއި މިނިސްޓްރީއާ ދެމެދު ފާއިތުވި އަހަރުތަކުގައި ދެމެހެއްޓިފައިވާ ޒަމާންވީ ގުޅުންއިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އެގޮތުން ޔޫއެންޑީޕީ އިން 2022 އިން 2026 އާ ހަމަޔަށް ހިންގުމަށް އެކުލަވާލާފައިވާ ދިވެހި ރާއްޖޭގެ އައުކަންޓްރީ ޕްރޮގްރާމް ޑޮކިއުމަންޓް ތަރައްގީކޮށް، މި ޕްރޮގްރާމްތައް އިތުރު ހަލުވި މިނެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެ އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީ އިން މިހާތަނަށް ހޯދާފައިވާ ތަޖްރިބާ އާއި، އެންމެ ފަހުގެ ހޯދުންތަކާއި ތަފާސް ހިސާބުތަކުގެ އަލީގައި، މިނިސްޓްރީގައި ދިރާސާތައް ކުރުމަށް އެހީތެރިކަން ލިބި އަދި ދިރާސާތައް އިތުރު ދާއިރާތަކަށް ފުޅާކޮށް، މައުލޫމާތު ބަދަލުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

"މި އެމްއޯޔޫގެ ސަބަބުން ޔޫއެންޑީޕީ އާއި މިނިސްޓްރީ ގުޅިގެން، މިނިސްޓްރީ އިން ހިންގާ އެކިއެކި ހަރަކާތްތަށް އިތުރަށް ފުޅާ ކުރުމަށާއި، ހަރުދަނާކުރުމަށްޓަކައި އެހީ ފޯރުކޮށްދޭ ތަފާތު އެކިއެކި ޖަމާއަތްތަކާއި މުއައްސަސާތަކުގެ އެހީއާއެކު، ގުޅިގެން މަސައްކަތްތައްކުރުމަށް މަގުފަހިވެގެން ދާނެ،" މިނިސްޓްރީން ބުންޏެވެ.

އެމްއޯޔޫގައި އެއްބާރުލުމަށް އެއްބަސްވި ދާއިރާތަކަކީ:

  • ޑޭޓާ މެނޭޖްމެންޓު ހަރުދަނާ ކުރުމާއި، އިގްތިސާދީ ލަފާ ސަރުކާރަށް ދިނުން.
  • މޫސުމީ ބަދަލުތަކާ ގުޅޭ އިންވެސްޓްމެންޓް ފުރުސަތުތައް ހޯދާ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ އިންވެސްޓްމެންޓް މެޕްތައް އެކުލަވާލުން.
  • ނޫ އިގުތިސާދު ސިޔާސަތުގެ ދަށުން އިގުތިސާދު ސިިންދަފާތު ކުރުމަށާއި ކަނޑަށް ބަރޯސާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އަންހެން ވިޔަފާރިވެރިންނަށާއި، އަންހެނުންގެ ކޮމިޓީތަކާއި، ޒުވާން ލީޑަރުންނަށް ޒަމާނީ ވިޔަފާރިތައް ބިނާކުރުމަށާއި، މޫސުމީ ބަދަލުތަކަށް ވިލުންވެރި ވިޔަފާރީގެ މޮޑެލްތައް އެކުލަވާލުމަށް އެހީވުން.

އެމްއޯޔޫގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން، ފައްޔާޒް ވިދާޅުވީ މީގެ ދަށުން ޕޮލިސީތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ޑޭޓާގެ ބޭނުން ފުރިހަމަކޮށް ހިފުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

"މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް އެހީތެރިވުމާއި، ވިޔަފާރިއަށް ފަހިމާހައުލެއްގާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިކަން ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވްގެ ވާހަކަގައި ވިދާޅުވީ ޔޫއެންޑީޕީ އާއި މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް މިންވަރު ދޭހަކޮށްދޭ ކަމަށެވެ.

"މިއާއެކު ޑޭޓާގެ އަލީގައި، ސިޔާސަތުތައް ކަނޑައަޅައި، މިނިސްޓްރީގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ އަދި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތް މިންވަރު މިއެމްއޯޔޫ ގެ ސަބަބުން ހާމަވެގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.