Advertisement

ފަސް ރަށެއްގައި ހައުސިން މަޝްރޫއު ހިންގައިދޭނެ ބަޔަކު ހޯދަނީ

12 ފެބުރުވަރީ 2022 - 09:28 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ވ. ތިނަދޫގައި އަޅާފައިވާ ހައުސިންގް ޔުނިޓްތައް: ބީލަން ހުޅުވުން އޮންނާނީ 3 މާރިޗު 2022ގައި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފަސް ރަށެއްގައި ހައުސިން މަޝްރޫއު ހިންގައިދޭނެ ބަޔަކު ހޯދަނީ

12 ފެބުރުވަރީ 2022 - 09:28 0

ފަސް ރަށެއްގެ ސޯޝަލް ހައުސިންގެ މަޝްރޫއުތަކެއް ހިންގައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެއީ ހދ. ކުޅުދުއްފުށީގައި އަޅާ 400 ހައުސިން ޔުނިޓާއި ނ. ހޮޅުދޫގައި އިމާރާތް ކުރާ 30 ހައުސިން ޔުނިޓާއި ލ. ގަމުގައި އަޅާ 100 ހައުސިން ޔުނިޓާއި ށ. މިލަންދޫގައި އަޅާ 50 ހައުސިން ޔުނިޓުގެ އިތުރުން ގއ. ވިލިނގިލީގައި އަޅާ 50 ހައުސިންގ ޔުނިޓެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރާ ބަޔަކު ހޯދުމަށް ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށާއި މިހާރު ބިޑް ހުށަހެޅުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ބިޑް ސެކިއުރިޓީ:

  • ކުޅުދުއްފުށީގައި 400 ހައުސިންގް ޔުނިޓްގެ ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 2،100،000ރ. ރުފިޔާ ހުށަހަޅަންޖެހޭ.
  • ހޮޅުދޫގައި 30 ހައުސިންގް ޔުނިޓްގެ ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 153000ރ. ރުފިޔާ ހުށަހަޅަންޖެހޭ.
  • ގަމުގައި 100 ހައުސިންގް ޔުނިޓް ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 510،000ރ. ހުށަހަޅަންޖެހޭ.
  • މިލަންދޫގައި 50 ހައުސިންގް ޔުނިޓް އެޅުމުގެ ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 254,000ރ. ހުށަހަޅަން ޖެހޭ.

އެ ރަށްތަކުގައި ހައުސިން މަޝްރޫއު ހިންގުމަށް ބިޑް ސެކިއުރިޓީ ދައްކަން ޖެހެނީ ދިވެހި ރުފިޔާ ނުވަތަ އެ އަދަދާއި އެއްވަރު އަދަދެއްގެ އެމެރިކާ ޑޮލަރުންނެވެ. ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ.

މިނިސްޓްރީން ބުނީ ބީލަންތަކުގައި ބައިވެރިވުމަށް 500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަންނާނީ މި މަހުގެ 13 އިން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 ޖަހާއިރުން ފެށިގެން މެންދުރުފަހު 2:00 ޖަހާއިރަށް ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އަދި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފޮނުވަންޖެހޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ހުރިހާ ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯމެޓުގައި, އާދިއްތަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ މި މަހުގެ 20ވާ އާދިއްތަ ދުވަހުގެ މެންދުރު 1:30ގެ ކުރިން، އީމެއިލް ކުރަން ޖެހޭ ކަމަށެވެ.

އެ ފަސް މަޝްރޫއު ހިންގުމަށް ބޭނުންވާ ފަރާތްތަކުގެ ބިޑް ހުށައެޅުން އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ 11:00ގަ އެވެ.