Advertisement

ތިން ވަނަ ފަހަރަށް ލަމްހާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި

17 ޖަނަވަރީ 2022 - 12:50 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ލަމްހާ: ފިލިޕީންގެ ނަރުސް، ގްރޭސް މަރާލީ ލަމްހާ އާއި މާވިން ގުޅިގެން ކަމަށް ފުލުހުން ތުހުމަތުކުރޭ -- ފޮޓޯ: ސޯޝަލް މީޑިއާ


ތިން ވަނަ ފަހަރަށް ލަމްހާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި

17 ޖަނަވަރީ 2022 - 12:50 0

އައިޖީއެމްއެޗްގެ ޑަޔަލަސިސް ޑިޕާޓްމެންޓުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ހަމަ އެ ހޮސްޕުޓަލުގެ ދިވެހި ނަރުސް، ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ތިންވަނަ ފަހަރަށް އިއްޔެ އިތުރުކޮށްފި އެވެ.

ގްރޭސްގެ މަރުގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 16، ގަ އެވެ. މި މައްސަލާގައި އޭނާ ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ ގްރޭސްގެ ފިރިމީހާ މާވިން އެސްވައި ވެސް ހައްޔަރުކޮށްފަ އެވެ. ގްރޭސް މަރާލާފައިވަނީ އޭނާ ދިރިއުޅެމުންދިޔަ އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގަ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު މާވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ. ގްރޭސްގެ ބޮލަށާއި ކަރަށް ހަމަލާދީގެން ނޭވާ ހާސްކޮށްލައިގެން އަނިޔާވެރި ގޮތަކަށް މަރާލާފައިވާކަމަށް މާވިންގެ މައްޗަށް ވަނީ ތުހުމަތުކޮށްފައިވެ އެވެ.

ލަމްހާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުލާފަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ތުހުމަތަކީ މީހަކު މަރާލަން އެހީތެރިވުމެވެ. އަދޮ އެހެންމީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކޮށްފައިވެ އެވެ. އެއީ ލަމްހާ ދިރިއުޅުނު ކޮޓަރިން އައިޖީއެމްއެޗް ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ ބައެއް އިންޖެކްޝަންތަކަކާއި ބެސްތަކެއް ފެނިފައިވުމާއި ގުޅިގެންނެވެ.

ގްރޭސް އޭނާގެ ފިރިމީހާއާ ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ގްރޭސް ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.