14 ޖަނަވަރީ 2022 - 16:29 0
ފާތިމަތު އަޖްފާން
ބ އަތޮޅު ރައްތަކެއް: ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވަކީ ކައުންސިލްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ އަތޮޅު ކައުންސިލްތަކުން ވަނީ ގޮވާލާފައި-- ފޮޓޯ: ސޮކްސްކީ
14 ޖަނަވަރީ 2022 - 16:29 0
ބ އަތޮޅުގައި ރިސޯޓުތައް ހިންގާ ކުންފުނިތަކުން ހުއްދަ ނުނަގާ ފިނޮޅުތަކާއި ފަޅުތަކުގެ އިތުރުން ފަޅުރައްތައް ބޭނުން ކޮށްގެން މާލީ މަންފާ ހޯދަމުންދާތީ ފިވަޔަޅު އަޅަން ނިންމާފައިވާ ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފި އެވެ.
އެ އަތޮޅުގެ ހުރިހާ ރައްތަކެއްގެ ކައުންސިލުން އަތޮޅު ކައުންސިލާ ގުޅިގެން އެ އަތޮޅުގައި މިހާރު ބޭނުންކުރަން ނުފަށާ ހުރި ފަޅުތަކާއި ފިނޮޅުތަކާއި ފަޅުރަށްތަކާ ގުޅޭ ގޮތުންނާއި ފަޅުރައްތަކުގެ ހާލަތު ދެނެގަތުމަށް މަސައްކަތް ކުރި އެވެ.
އޭގައި ބައިވެރިވެ ގަރާރެއްގައި ސޮއި ކޮށްފައި ވަނީ އެ އަތޮޅު ކައުންސިލާއި، ކުޑަރިކިލި ކައުންސިލާއި، ކަމަދޫ ކައުންސިލާއި، ތުޅާދޫ ކައުންސިލާއި، ދަރަވަންދޫ ކައުންސިލާއި، ކިހާދޫ ކައުންސިލާއި، ކެންދޫ ކައުންސިލްގެ އިތުރުން ފެހެންދޫ ކައުންސިލެވެ.
އެ މަސައްކަތުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި:
ކައުންސިލްތަކަށް ފާހަގަ ކުރެވުނު ކަންކަމަށް ބަލައި އަތޮޅުގައި އެއްވެސް ރިސޯޓެއް އިތުރަށް ނުހެދުމަށާއި އިތުރަށް އެއްވެސް ރިސޯޓެއް ހަދާނަމަ ހަދަން ހުޅުވާލަންވާނީ ބ. އަތޮޅު ކައުންސިލްގެ އިޒުނައެއް ހޯދުމަށް ފަހުގައި ކަމަށް ވަނީ ނިންމާފަ އެވެ.
އަދި އަތޮޅުގައި މިހާރު ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް އަތޮޅު ކައުންސިލްގެ މައްޗަށް ބަދަލުކޮށް ދިނުމަށާއި އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް މޮނިޓާކުރެވޭނެ ދައުރެއް އަތޮޅު ކައުންސިލަށް ހަވާލުކުރުމަށްވެސް ކައުންސިލްތަކުން ނިންމާފައި ވެއެވެ.
"އަތޮޅު ރަށްރަށުގެ އިހްތިސޯސްގެ ތެރެއަށް ނުވަދެހުރި ހުރިހާ ފަޅުތަކާއި ފިނޮޅުތަކާއި އަދި ފަޅުރަށްތައް ބެލެހެއްޓުން އަތޮޅު ކައުންސިލް ހަވާލުކުރުމަށާއި، ގަވާއިދާ ހިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާމެދު ފިޔަވަޅުއެޅުމަށްވެސް ވަނީ ނިންމާފައި،: ކައުންސިލްތަކުން ސޮއިކޮށްފައިވާ ގަރާރުގައި ވެއެވެ.
މީގެ އިތުރުން ބ. އަތޮޅުގެ ބަޔޮސްފިޔާ ރިޒާވަކީ ކައުންސިލްގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ވަނީ ގޮވާލާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment