Advertisement

އިންޓަނެޓް ލަސްކަމުން ކޭބަލްތަކުގައި ރޯކުރި ޗައިނާ މީހަކު ޖަލަށް

13 ޖަނަވަރީ 2022 - 08:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޭބަލްތަކެއް.


އިންޓަނެޓް ލަސްކަމުން ކޭބަލްތަކުގައި ރޯކުރި ޗައިނާ މީހަކު ޖަލަށް

13 ޖަނަވަރީ 2022 - 08:26 0

ބެއިޖިން، ޗައިނާ - އިންޓަނެޓުގެ ހިދުމަތް ލަސްކަމުން ރުޅިގަދަވެ، ކޭބަލްތަކުގައި ރޯކުރި ޗައިނާ މީހަކު ހަތް އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ލޭން ނަމަކަށް ކިޔާ މީހާ ކޭބަލްތަކުގައި ރޯކުރީ ދެކުނު ގުއާންގްޒޫ ޕްރޮވިންސްގެ އިންޓަނެޓް ކެފޭއެއްގެ ހިދުމަތް ލަސްވުމުން މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެ ޕްރޮވިންސްގެ ކޯޓުން ނެރުނު ބަޔާނުގައި ބުނީ އޭނާ ރޯކޮށްލީ އޮޕްޓިކަލް ފައިބާ ނެޓްވޯކް ކޭބަލްތައް ހުރި އާއްމު ފޮއްޓެއްގައި ކަމަށެވެ.

ރޯކުރުމުގެ ސަބަބުން ގާތްގަނޑަކަށް 4،000 ގެ އާއި އޮފީހުން 28 ގަޑިއިރާއި 50 ގަޑިއިރާ ދެމެދުގެ ވަގުތަކަށް އިންޓަނެޓްގެ ހިދުމަތް ކެނޑުނެވެ. ހިދުމަތް ކެނޑުނު ތަންތަނުގެ ތެރޭގައި ސަރުކާރު ހޮސްޕިޓަލެއް ވެސް ހިމެނެ އެވެ.

ކޯޓުން ބުނީ ރޯކުރުމާ އެކު ފުލުހުން ހިންގި ތަހުގީގުގައި ލޭންގެ ލައިޓަރެއް ހޯދި ކަމަށާއި އަލިފާން ރޯކުރަން ބޭނުން ކުރީ އެ ލައިޓަރު ކަމަށެވެ.

އޭނާގެ މައްޗަށް ސާބިތުވީ "އާއްމު ޓެލެކޮމިއުނިކޭޝަން ހިދުމަތަށް ގެއްލުން ދިން" ކަމަށެވެ. އެހެންވެ، ހަތް އަހަރަށް ޖަލަށް ހުކުމް ކުރުމަށް ކޯޓުން ނިންމި އެވެ.