Advertisement

އަލަށް ފަށާ 23 ވިޔަފާރިއަކަށް 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ

10 ޖަނަވަރީ 2022 - 20:22 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޕިޗްއަޕް ޗެލެންޖު ކާމިޔާބުކުރި ފަރާތްތަކަށް އެވޯޑު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން


އަލަށް ފަށާ 23 ވިޔަފާރިއަކަށް 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ

10 ޖަނަވަރީ 2022 - 20:22 0

ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ކުރިއަށްގެންދިޔަ މުބާރާތް ކާމިޔާބު ކުރި 23 ވިޔަފާރިއަކަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިލޭ އެހީގެގޮތުގައި ދޫކޮށްފި އެވެ.

"ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަރޝިޕް ޗެލެންޖު" ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ މީރީ ޕްރޮޖެކްޓުގެ ފަރާތުން ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދުންތެރި ވިޔަފާރީގެ ހިޔާލެއް ހުށަހަޅައި، އެ ހިޔާލަށް ދިރުން ގެނެސްދީ، ކާމިޔާބު ވިޔަފާރިއެއް އުފެއްދުމަށް ހިންގި ޗެލެންޖެކެވެ.

އުމުރުން 18 އަހަރާއި 35 އަހަރާދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ "ޕިޗްއަޕް" ފަރުމާކޮށްފައިވަނީ އާ ވިޔަފާރިއެއް ތަރައްގީ ކުރާނެގޮތުގެ ހިޔާލެއް ހުށަހަޅައިގެން، ފައިސާގެ އެހީ އާއި ތަމްރީނު އަދި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭ ގޮތަށެވެ.

ހަޔާ އެޑޮޔުކޭޝަނުން ބުނީ އެ ޕްރޮގްރާމް ކާމިޔާބުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި 23 އާ ވިޔަފާރިއަކަށް ޖުމްލަ 12.4 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ވަނީ އެވޯޑްކޮށްފައިވާ ކަމަށެވެ.

އެ 23 ވިޔަފާރީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ހަ ވިޔަފާރިއަކާއި، ފަތުރުވެރިކަމާއި ގުޅުންހުރި އުމްރާނީ މަސައްކަތުގެ ދާއިރާއިން އެއް ވިޔަފާރިއެއް ހިމެނެ އެވެ. އަދި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން ފަސް ވިޔަފާރިއަކާއި، ދަނޑުވެރިކަމުގެ ދާއިރާއިން 11 ވިޔަފާރިއެއް ހިމެނެ އެވެ.

އެ މުބާރާތައް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ވިދާޅުވެ މީރީ ޕްރޮޖެކްޓުގެ ޕްރޮޖެކްޓު މެނޭޖަރު އަލީ ޝަރީފް ވިދާޅުވީ މުބާރާތަށް ޖުމްލަ 192 ހިޔާލު ހުށަހެޅުނު ކަމަށެވެ.

"އެކި މަރުހަލާތަކަށްފަހު 50 ފަރާތަކަށް ވަނީ ޕްރޮޕޯސަލް ޕިޗްކުރުމުގެ ފުރުސަތު ދެވިފައި. ބައިނަލްއަގުވާމީ ފަނޑިޔާރުންވެސް ހިމެނޭގޮތުން އެކުލަވާލެވުނު ޕެނަލުން އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު މިއަދު އިދާރާކުރެއްވިއްޔާ 46 ދިވެހި ޒުވާނުން ޝާމިލުވާ 23 އައު ވިޔަފާރިއަކަށް ޖުމްލަ 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ މި އެވޯޑްކުރެވެނީ،" ޝަރީފް ވިދާޅުވި އެވެ.

މީރީ ޕްރޮޖެކްޓަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ބާރުވެރިކޮށް، ކާމިޔާބު ބަޔަކަށް ހެދުމަށް ވޯލްޑްބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.