Advertisement

ސްވިޑަންގައި ހާޓް އެޓޭކެއް ޖެހުނު މީހަކު ސަލާމަތް ކުރީ ޑްރޯންގެ އެހީގައި

8 ޖަނަވަރީ 2022 - 12:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހާޓް އެޓޭކް ޖެހުނު މީހާ އަށް ފަރުވާ ކުރަން ޑްރޯން ފޮނުވީ އެމެޖެންސީ ހިދުމަތުން. -- ފޮޓޯ: އޭއެފްޕީ


ސްވިޑަންގައި ހާޓް އެޓޭކެއް ޖެހުނު މީހަކު ސަލާމަތް ކުރީ ޑްރޯންގެ އެހީގައި

8 ޖަނަވަރީ 2022 - 12:01 0

ސްޓޮކްހޯމް، ސްވިޑަން (ޖެނުއަރީ 8) - ސްވިޑަންގައި ހާޓް އެޓޭކެއް ޖެހުނު މީހެއްގެ ފުރާނަ ސަލާމަތް ކުރަން ޑީފިބްރިލޭޓަރެއް ހިފައިގެން ދިޔަ ޑްރޯންއެއް އެހީވެއްޖެ އެވެ.

އެމެޖެންސީ ހިދުމަތުން ޑްރޯން އާއި އެމްބިއުލާންސް ފޮނުވީ އުމުރުން 71 އަހަރުގެ މީހަކު ގޭގެ ބޭރުގައި ސްނޯ ސާފު ކުރަން ހުއްޓާ ހާޓް އެޓޭކެއް ޖެހުމުން މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.

"އެންމެ ފުރަތަމަ 112 އަށް ގުޅުމާއި ޑްރޯން އަށް ސިގްނަލް ލިބި މަސައްކަތް ފަށައިގަންނަން ނެގީ 15-30 ސިކުންތު އަދި މުޅި އެ މަސައްކަތަށް ނެގީ ތިން މިނެޓު،" ހާޓް އެޓޭކް ޖެހުނު މީހާ އޭއެފްޕީ އަށް ބުންޏެވެ.

ހާޓް އެޓޭކް ޖެހުނު ވަގުތު އެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ޑޮކްޓަރަކު ވެސް ވަނީ ޑްރޯން އަންނަން ދެން ސީޕީއާރް ހަދާފަ އެވެ. ޑީފިބްރިލޭޓަރާ އެކު ޑްރޯން އައި އިރު ވެސް ޑޮކްޓަރު ހުއްޓެވެ.

އެ ޑޮކްޓަރު ބުނެފައިވަނީ އަވަސް ސީޕީއާރް އާއެކު ފަހުން އައި އެމްބިއުލާންސުން ލިބުނު ބޭސްތަކާ އެކު އެ މީހާގެ ފުރާނަ ސަލާމަތް ކުރުމުގައި ޑްރޯން ވެސް ބޮޑު ދައުރެއް އަދާކުރި ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިއީ ވަރަށް ރަނގަޅު ވަސީލަތެއް ހެން. ވަކިން ހާއްސަކޮށް ހޮސްޕިޓަލާ ދުރުގައި ތިބޭ ޕޭޝަންޓުންނަށް ފަރުވާ ކުރަން،" މުސްތަފާ އަލީ ނަމަކަށް ކިޔާ ޑޮކްޓަރު އޭއެފްޕީ އަށް ބުންޏެވެ.

ޑީފިބްރިލޭޓަރަކީ ހާޓް އެޓޭކް ޖެހޭ މީހުންގެ ހިތަށް ކަރަންޓު ޝޮކު ފޮނުވައިދީގެން ހިތުގެ މަސައްކަތް އަލުން ފަށަން އެހީވާ އެއްޗެކެވެ. ޑްރޯންގެ އެހީގައި ގެނައި ޑީފިބްރިލޭޓަރު ބިންމައްޗަށް ތިރިކުރީ ވިންޗެއްގެ އެހީގަ އެވެ.

ސްވިޑަންގެ އެ ސަރަހައްދުގައި މެޑިކަލް ޑްރޯން ބޭނުން ކުރުމަކީ އެވާޑްރޯން ކުންފުންޏާއި ބައެއް ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާ ގުޅިގެން ހިންގާ ތަހުލީލީ މަސައްކަތެއްގެ ބަޔެކެވެ.

އެވާޑްރޯން އިން ބުނީ ކުންފުނީގެ ނެޓްވޯކް ސްވިޑަންގެ 200،000 ރައްޔިތުންނަށް މިހާރު ފޯރާނެ ކަމަށާއި 2022 ވަނަ އަހަރުގެ ތެރޭގައި ޔޫރަޕުގެ އެހެން ހިސާބުތަކަށް ފުޅާ ކުރާނެ ކަމަށެވެ.