Advertisement

ޑެޕިއުޓީ މޭޔަރު ނަރީޝް ދޫކޮށްލައިފި

6 ޖަނަވަރީ 2022 - 23:46 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހައްޔަރުން ދޫކޮށްލައިފި- ފޮޓޯ: ޕީޕީއެމް


ޑެޕިއުޓީ މޭޔަރު ނަރީޝް ދޫކޮށްލައިފި

6 ޖަނަވަރީ 2022 - 23:46 0

ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފައިވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ދާދި ދެންމެއަކު ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފި އެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވުނު އިންޑިޔާ އައުޓް ހަރަކާތުގެ ތެރެއިން ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ނަރީޝްއާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހިމެނެ އެވެ.

މި ދެ ބޭފުޅުންވެސް މިހާރު ހައްޔަރުން ދޫކޮށްލާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.

މި ދެބޭފުޅުންވެސް ހައްޔަރުކޮށްފައިވަނީ އިންޑިޔާ އައުޓް ކެމްޕޭނުގައި ހަރަކާތްތެރިވަނިކޮށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް ހިންގާފައިވާ ނާތަހުޒީބު އަމަލެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ވަނީ މި ދެ ބޭފުޅުން ހައްޔަރުކުރުން ސިފަކޮށްފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ނަރީޝް ގެންދިޔުމާއި ގުޅިގެން ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެ ދެބޭފުޅުންވެސް ދޫކޮށްލަން ފުލުހުންނަށް ގޮވާލާ ބަޔާނެއް ނެރެފަ އެވެ.