Advertisement

ޓޫރިޒަމުގެ ރަން އަހަރާ ދިމާކޮށް އުރީދޫން ޓޫރިސްޓުންނަށް ހާއްސަ ސިމް ޕެކެއް ތައާރަފުކޮށްފި

5 ޖަނަވަރީ 2022 - 10:23 0

އަމަން ހަލީމް

އަމަން ހަލީމް

އުރީދޫގެ ސީސީއޯ ހުސެއިން ނިޔާޒު އަދި އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު މުހައްމަދު ގޯލްޑަން ސިމް ޕެކް ދައްކާލަނީ: ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ހިމެނޭ މި ސިމް ޕެކް ގަނެވޭނީ ރާއްޖެ އަންނަ ޓޫރިސްޓުނަށް އެކަނި. -- ފޮޓޯ: އުރީދޫ


ޓޫރިޒަމުގެ ރަން އަހަރާ ދިމާކޮށް އުރީދޫން ޓޫރިސްޓުންނަށް ހާއްސަ ސިމް ޕެކެއް ތައާރަފުކޮށްފި

5 ޖަނަވަރީ 2022 - 10:23 0

ޓޫރިޒަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން އުރީދޫން ޓޫރިސްޓުންނަށް ހާއްސަކޮށްގެން ގޯލްޑަން އިޔާ ސިމް ޕެކް މިއަދު ތައާރަފުކޮށްފި އެވެ.

ރަންޔޫބިލް ފާހަގަކުރަން އުރީދޫން ހިންގާ ހަރަކާތްތަކުގެ ތެރެއިން ތައާރަފުކުރި މި ސިމް ޕެކް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓާ ތޮއްޔިބު މުހައްމަދެެވެ.

އުރީދޫން ބުނި ގޮތުގައި މަސް ދުވަހު ބޭނުންކުރެވޭ މި ސިމް ޕެކްގައި ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ސޯޝަލް މީޑިއާއަށް ހާއްސަ ޑޭޓާ ހިމެނޭނެ އެވެ. އަދި، މި އޮފާގެ ބޭނުންކޮށްގެން ޓޫރިސްޓުންނަށް އާއިލާ އާއި ރައްޓެހިންނާ ފަސޭހައިން ގުޅާލަދީ އެ މީހެއްގެ ދަތުރު ހިއްސާކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަމިއްލަ އިސްނެގުމުގެ މަތިން އުރީދޫން މި ސިމް ޕެކް ތައާރަފުކުރުމާ ގުޅިގެން އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު ޝުކުރުއަދާކުރެއްވި އެވެ.

"ފަތުރުވެރިކަމުގެ ރަން ޔޫބީލްގެ މުނާސަބާގައި ފަތުރުވެރިންނަށް ހާއްސަކޮށް ތައާރަފުކުރި މި ސިމް ކާޑަކީ ފަތުރުވެރިންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ފަސޭހައެއް ކަން ކަށަވަރު." އޭނާ ވިދާޅުވި އެވެ.

މިއީ ރަންޔޫބިލް އަހަރު ފާހަގަކުރަން އުރީދޫން މި އަހަރަށް ރާވާފައިވާ ކަންކަމުގެ ތެރެއިން ހަރަކާތެކެވެ. އެކަމަކު މިއީ އަހަރުގެ ތެރޭގައި އެކުންފުނިން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ހަމަ އެންމެ ހަރަކާތެއް ކަމަށް އުރީދޫގެ ސީސީއޯ ހުސެއިން ނިޔާޒު ވިދާޅުވި އެވެ.

މަގޭ ރާއްޖެ ކަލަންޑަރާއި ގޯލްޑަން އިޔާ ސިމް ޕެކް އަޅުގަނޑުމެން ލޯންޗް ކުރުމަކީ މި އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ފެށުން. އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖޭގެ މުޖުތަމައުތަކަށް ދިރިއުޅުން ފަހިކޮށްދީ ރާއްޖޭގެ ކޮންމެ އުފަލެއްގައި ބައިވެރިވެ ދިވެހިންނާއިއެކު ދެމިތިބޭނެ ބައެއް." އޭނާ ވިދާޅުވި އެވެ.

އުރީދޫއަކީ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ އީޖާދީ ހައްލުތަކާއި، ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންއަށް މަގުފަހިކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އަދި، ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށްގެން ހިދުމަތްތައް ދެމުންދާ ކުންފުންޏެކެވެ.