Advertisement

ރައްޔިތުންގެ ދިގު އިންތިޒާރަކަށް ނިމުން: މަނަދޫއަށް 50 ކޮޓަރީގެ ހޮޓަލެއް

30 ޑިސެންބަރު 2021 - 11:02 1

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ނ. މަނަދޫގެ މަގެއް މަތި: 50 ކޮޓަރީގެ ހޮޓެލްއެއް އެޅުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައި - ފޮޓޯ: މަނަދޫ ޒުވާނުންގެ ގުޅުން


ރައްޔިތުންގެ ދިގު އިންތިޒާރަކަށް ނިމުން: މަނަދޫއަށް 50 ކޮޓަރީގެ ހޮޓަލެއް

30 ޑިސެންބަރު 2021 - 11:02 1

ނ. މަނަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ ގޮތުން 50 ކޮޓަރި ހިމެނޭ ހޮޓަލެއް ގާއިމްކޮށް ތަރައްގީކުރުމުގެ މަސައްކަތް ރަސްމީކޮށް "ސްޓޯން ހޮޓެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"އާ ޓޫރިޒަމް މިނިސްޓްރީން ހަވާލުކޮށްފި އެވެ.

ނ. މަނަދޫ ކައުންސިލްގެ ރައީސް، އަބްދުއް ރަހްމާން ސޮބީހް ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓު ފެށުމަކީ އެރަށު ރައްޔިތުން 2010 ވަނަ އަހަރުން ފެށިގެން ދެކެމުން އައި ހުވަފެނެއް ހަގީގަތަށްވުމެވެ.

"މިއީ ވަރަށް ގިނަ އަހަރުތަކުގެ އިންތިޒާރެއް, މިކަމުގެ ސަބަބުން ރަށުގައި އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ވެސް ހުޅުވިގެންދާނެ," އޭނާ ވިދާޅުވި އެވެ.

މިކަމަށްޓަކައި އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ. އަދި ސްޓޯން ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އައްބާސް މުހަންމަދެވެ.

މި ޕްރޮޖެކްޓު ހިންގުމަށްޓަކައި ޓޫރިޒަމް މިނސްޓްރީން ވަނީ މަނަދޫގައި 132,000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފަ އެވެ. މި ޕްރޮޖެކްޓު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މަނަދޫ ހޮޓެލްގެ މަސައްކަތް 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން ނިންމުމަށް ވަނީ އަމާޒު ހިފާފަ އެވެ. ކޮންޓްރެކްޓް ދީފައިވަނީ 50 އަހަރަށެވެ.