Advertisement

އިޔާޒާއި އަލީ ރަމީޒުގެ ދެމެދަށް "އިންޑިއާ އައުޓް" ވަދެ ހޫނުވެއްޖެ

26 ޑިސެންބަރު 2021 - 13:42 6

ހަސަން މުހައްމަދު

ހ

Advertisement

އިޔާޒާއި އަލީ ރަމީޒުގެ ފޮޓޯއެއް: އެ ދެމީހުންނަކީ ސޯޝަލް މީޑިއާގައި ވަރަަށް ގިނަ ފޮލޮވާސް ތިބި ދެ މީހުން. -- ފޮޓޯ: މުހައްމަދު އިސާމް/އަދަދު


އިޔާޒާއި އަލީ ރަމީޒުގެ ދެމެދަށް "އިންޑިއާ އައުޓް" ވަދެ ހޫނުވެއްޖެ

26 ޑިސެންބަރު 2021 - 13:42 6

Advertisement

Advertisement

ދިވެހިރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިންނާއި ދީން ކުރިއަރުވާ ޖަމިއްޔާތަކުގެ އިސްވެރިންގެ މެދުގައި ޖެހުނު މައްސަލަ ހައްދުން ނެއްޓި، އާންމުންގެ ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާދޭން ފަށައިފި އެވެ.

މައްސަލަ ޖެހިގެން އުޅެނީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ދީނީ އިލްމުވެރިންނާއި ޖަމިއްޔަތުއް ސަލަފަށް ނިސްބަތްވާ އިލްމުވެރިންނާއި އެ ޖަމިއްޔާގެ އިސްވެރިންނާ ދެމެދު އެވެ.

Advertisement

އެގޮތުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު އިޔާޒް އާއި ސަލަފް ޖަމިއްޔާގެ އަލީ ރަމީޒު ވަނީ އެކަކު އަނެކަކަށް ސޯޝަލް މީޑިޔާގައި ބަހުގެ ހަމަލާތަކެއް ރައްދުކޮށްފަ އެވެ.

މައްސަލަ އާންމުންނާ ހަމައަށް ތިލަވީ، އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން އަދާލަތު ޕާޓީން ބުރާސްފަތި ދުވަހު ކުށްވެރި ކުރުމުންނެވެ. އަދާލަތު ޕާޓީގެ ނޫސް ބަޔާން ނެރުމާއެކު، އިންޑިއާ އައުޓް ކެމްޕެއިނަށް ތާއީދު ކުރާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު އެ ޕާޓީ ސިފަ ކުރީ ގައްދާރުންގެ ޕާޓީއެއްގެ ގޮތުގަ އެވެ. އަދި ޑރ. އިޔާޒްގެ ނަން އަލީ ރަމީޒު ވަކިން ފާހަގަ ކުރި އެވެ.

"އިޔާޒް އާއި އަދާލަތު ޕާޓީގެ ގައްދާރުންގެ ކިބައިން އަޅުގަނޑު ބަރީއަވަން. އަދި ލާދީނިއްޔަތު ހިމާޔަތް ކުރުމަށް މިބައިމީހުން ކުރަމުންދާ މަސައްކަތާމެދު ސަމާލުވެ ތިބުމަށް އެންމެހާ މުސްލިމުންނަށް އަޅުގަނޑު ވަސިއްޔަތް ކުރަން،" ހޮނިހިރު ދުވަހު އަލީ ރަމީޒް ލިޔެފައިވެ އެވެ.

Advertisement

އަލީ ރަމީޒުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭނާގެ މެސެޖު ލިޔުނުތާ 59 މިނެޓު ފަހުން އެއަށް ޑރ. އިޔާޒް ރައްދު ދިނެވެ.

"ދޮގުހަދާ ގައްދާރުވީ ކާކުކަން ކަނޑައެޅި ބަޔާންވެގެންދާނެ ދުވަސް އަންނާނެ. އެދުވަހަކަށް އިންތިޒާރު ކޮށްލައްވާ. އަޅުގަނޑު ވެސް ތިބޭފުޅުންނާއެކު އިންތިޒާރު ކުރާ މީހުންގެ ތެރެއިންވަން. އިންޝާﷲ،" ގުރްއާނުގެ އާޔަތެއްގެ ފޮޓޯއަކާއެކު އިޔާޒް ޓުވިޓާގައި ބުނެފައިވެ އެވެ.

އަލީ ރަމީޒަށް ޓުވިޓާގައި 31،900 އެކައުންޓު ފޮލޯ ކުރެ އެވެ. ފޭސްބުކްގައި އޭނާގެ ޕޭޖަށް ފޮލާ ކުރާ 125،000 އެކައުންޓު އެބަހުއްޓެވެ. އެ ދެ ޕްލެޓްފޯމުގައި ވެސް އަލީ ރަމީޒު ވަނީ އޭނާގެ މެސެޖް ލިޔެފަ އެވެ. ޑރ. އިޔާޒަށް ޓުވިޓާގައި ފޮލޯ ކުރާ 41،200 އެކައުންޓު އުޅެ އެވެ. އިޔާޒްގެ ފޭސްބުކް ޕޭޖަށް ފޮލޯ ކުރާ 93،000 އެކައުންޓު ހުރި ނަމަވެސް އޭނާގެ ރައްދު ލިޔެފައި ވަނީ ހަމައެކަނި ޓުވިޓާގަ އެވެ.

އަލީ ރަމީޒާއި އިޔާޒްގެ ބަހުގެ ހަމަލާތައް އާންމުންނާ ހިސާބަށް ތިލަވުމާއެކު ބައެއް މީހުން ދަނީ އެކަމުގައި ދެކޭ ގޮތް ހާމަ ކުރަމުންނެވެ. އެއްބަޔަކު ބުނެފައި އޮތީ ހައްގު ގޮތުގައި ހުރީ އަލީ ރަމީޒު ކަމަށެވެ. އަލީ ރަމީޒު ހުރީ ރަނގަޅު ގޮތުގައި ކަމަށް ބުނާ މީހުން އެމީހުންގެ ސަބަބުތައް ވެސް ހާމަކުރި އެވެ.

"އަލީ ރަމީޒަކީ ދިވެހި ޒުވާނުން ދެކެންވާ ނަމޫނާ އެއް. މިޔުޒިކާއި ލަވަ ހުއްޓާލާ الله ތައާލާގެ ދީން މަތިވެރި ކުރުމަށް ޖިހާދު ކުރާ ނަމޫނާއެއް،" އަލީ ރަމީޒުގެ ޓުވީޓަށް ކޮމެންޓެއް ކުރަމުން ފާތުން ޝަރޫ ނަމަކަށް ކިޔާ އެކައުންޓަކުން ބުނެފައިވެ އެވެ.

އެކަމަކު ޑރ. އިޔާޒުގެ ދިފާއުގައި ތެދުވާ މީހުން ވެސް ގިނަ އެވެ. އެގޮތުން އެންމެ ބޮޑަށް އިޔާޒް ދިފާއު ކުރީ އެމްއެންޔޫގެ ލެކްޗަރާ އަލީ ޒައިދެވެ.

"ޑރ. އިޔާޒަކީ ދީނާއި ގައުމަށް ގައްދާރުވާނެ ބޭފުޅެއް ނޫން! މިކަން ވަރަށް ސާފު! ނަމަވެސް ހިޔާލަކީ ތަފާތު އެއްޗެއް! އަޅުގަނޑާ ޑޮކްޓަރާ ވެސް ވަރަށް ގިނަ ކަންކަމުގައި ހިޔާލު ތަފާތު! ބައެއް ފިގްހީ މައްސަލަތަކާއި ބައެއް ސިޔާސީ ކަންކަމުގައި ވެސް ހިޔާލު ތަފާތު! އިހްތިރާމް ކުރުމަކީ މާތް ސިފައެއް ނޫންތޯ؟،" ޒައިދު ލިޔެފައިވެ އެވެ.

ޑރ. އިޔާޒް އާއި އަލީ ރަމީޒުގެ ދެބަސްވުމުގެ ތެރެއަށް ބައެއް އެހެން ފަރާތްތަކުން ވެސް ޝުއޫރުފާޅުކުރި އެވެ. އެއީ އެ ދެ މީހުން ވެސް ތިބީ ރަނގަޅު ގޮތުގައި ނޫން ކަމަށް ގަބޫލު ކުރާ މީހުންނެވެ. އެގޮތަށް ގަބޫލު ކުރާ މީހުން ބުނަނީ، އަލީ ރަމީޒާއި ޑރ. އިޔާޒް އަމަލު ކުރީ، ގިނަ ބައެއްގެ އިހްތިރާމާއި ގަދަރު ލިބިފައިވާ، އިސްލާމް ދީނުގެ އިރުޝާދު އާންމުންނަށް ދެމުންދާ ދެމީހަކު އާންމުންގެ މެދުގައި އުޅެންޖެހޭނެ ގޮތަށް ނޫން ކަމަށެވެ.

"އިސްލާމް ދީން ކުރިއަރުވާ މީހުންކަމަށް ބުނާ އެއްބަޔަކު، ހަމަ އެގޮތަށް ބުނާ އަނެއް ބަޔަކާ ދިމާލަށް ދީން ފޮހެލަން އުޅޭ ގައްދާރުން ކަމަށް ސިފަކޮށް ހަދާ ހެދުމާމެދު ވިސްނާލުމުން އެނގެނީ، ދެންތިބި އެންމެހާ މުސްލިމުން މާ ރަނގަޅު މަގުގައި ތިބިކަން!،" މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒް ފަހުމީ އޭނާ ދެކޭ ގޮތް ހާމަ ކުރައްވަމުން ވިދާޅުވެފައިވެ އެވެ.

Advertisement

28.57%

0.00%

57.14%

14.29%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ކޯލްއައިޑީ ކޯލްއައިޑީ

about 3 years ago

އަހަރެމެން ދެކެފިން ޑިމޮކްރަސީގެ ނަމުގަ ކާފަރުން ސައްދާމަށް ހެދި ގޮތް ފަލަސްތީނަށް ވާގޮތް މަލިކަށް ވީގޮތް މަރުހަބާ އަލީ ރަމީޒޫ

ޯއޮއްކެ

about 3 years ago

ތީ ނޫސްވެރިން ލިޔަންޖެހޭގޮތަކީ.ނޫސްވެރިޔާގެ އަމިއްލަ ހިޔާލެއްނެއް.ވަރަސަޅި.

ވިސްނާލާ

about 3 years ago

މި މީހުން މި މީހުންނާވެސް ޖެހި ފިތު ބާރުވެ މި ތިބެނީ.. މިއީ ޢިލްމުވެރިންގެ ހާލަކީ.. ދެން ތިބި މީހުންގެ ހާލު ވިސްނާލާ

އަފީފާ

about 3 years ago

ޢަލީ ރަމިޒު އަކީ އިލްމުވެރިއެއް ނޫން. އޭނާގެ ދުއްތުރަ ވަރައް ބޮޑު ވެއްޖެ ދިރި ތިބީންނައް.


ލުކައުރަމީޒު

about 3 years ago

އަލީ ރަމީޒު ތި ސަން ޝިޔާމަށް ދީނާ ޤައުމު ވިއްކި ޢައްދާރެއް.. މިޒަމާނުގެ ލުކައުގެ ދަރި ލުކައު..

އަފީފާ

about 3 years ago

ޢަލީ ރަމިޒު ކޮން ދީ ނެއްތަ ކުރިއަރުވަނިި. ހަރުކަށި ފިކުރު. އޭނާ ހައްޖައްގޮއްސަ އައިފަހުން މިރާއްޖޭގައި އެނަ ނޫން މީހަކަށް މަގުގަ ހިނގަންވެސް ނޭގޭ. އޭނާ ފާޱު ނުކިޔާ ގޮތަކަށް. ބޮޱު އުދަގުލަކައް ވެއްޖެ މިތާގައި ދިރިއުޅެން.