Advertisement

ރައީސް ސޯލިހާއި ޝެއިހު ހަސީނާގެ ބައްދަލުވުން މިއަދު ދިހައެއް ޖަހާއިރު

23 ޑިސެންބަރު 2021 - 09:28 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ޝެއިހު ހަސީނާއަށް ދިވެހި ސަރުކާރުން އެއާޕޯޓުގައި މަރުހަބާ ކިޔަނީ: އެކަމަނާ މަޖިލީހުގައި ތަގުރީރު ކުރައްވާނީ މިއަދު ހަވީރު -- ފޮޓޯ: ރައީސް އޮފީސް


ރައީސް ސޯލިހާއި ޝެއިހު ހަސީނާގެ ބައްދަލުވުން މިއަދު ދިހައެއް ޖަހާއިރު

23 ޑިސެންބަރު 2021 - 09:28 0

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު 10 ޖަހާއިރު ބައްދަލު ކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ފައްޓަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިއީ ރާއްޖެ އާއި ބަންގްލަދޭޝްގެ ގުޅުން ރަނގަޅު ކުރުމަށް ރައީސް ސޯލިހުގެ އިސްނެންގެވުމަށް ޝެއިހު ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ. ހަސީނާ ރާއްޖެ ވަޑައިގަތީ އިއްޔެ މެންދުރު ފަހެވެ.

ޝެއިހު ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެކަމަނާގެ އިއްޒަތުގައި ސަރުކާރުން ވަނީ ބައެއް ކަންކަން ރާވައިފަ އެވެ. އެގޮތުން މިއަދު 9:45 ގައި އެ ކަމަނާގެ އިއްޒަތުގައި ބާއްވާ ރަސްމީ އޮނާގާޑެއް އޮންނާނެ އެވެ. އެއަށްފަހު ރައީސް ސޯލިހާއެކު ބައްދަލުކުރައްވާނީ 10 ޖަހާއިރު އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެެ އެެވެ.

ދެ ގައުމުގެ ވެރިންގެ ބައްދަލުވުމަށް ފަހު 11:35 ގައި ދެ ގައުމުގެ ދެމެދުގައި ހަތަރު އެމްއޯޔޫއީއެއްގައި ސޮއިކުރާނެ އެވެ. އެއީ ދެ ގައުމުގެ ތަރައްގީއަށް ވިސްނުމަށްފަހު އެކި ދާއިރާތަކުން އެއްބާރުލުން ހޯދުމަށް ސޮއި ކުރާ އެއްބަސްވުންތަކެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެއަށްފަހު ދައުލަތުގެ އިސް ވެރިންނާ ޝޭހް ހަސީނާ ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމް އާއި ޗީފް ޖަސްޓިސް މުއްތަޒިމް އަދުނާން އަދި ފޮރިން މިނިސްޓްރީގެ އިސްވެރިނާއެކު ވެސް އެކަމަނާ ބައްދަލު ކުރައްވާނެ އެވެ.

އޭގެ އިތުރުން، ހަސީނާގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ހަވީރު އެކަމަނާ ތަގުރީރު ކުރައްވާނެ އެވެ. އެ ޖަލްސާގައި މަޖިލީހުގެ މެމްބަރުންގެ އިތުރުން، ކެބިނެޓް މެމްބަރުންނާއި ސިފައިންނާއި ފުލުހުންގެ ވެރިންނާއި މިނިސްޓަރު ފެންވަރުގެ ބޭފުޅުންނާއި ދައުލަތުގެ އިއްޒަތްރެރިންގެ އިތުރުން ބައެއް މަދަރުސާތަކުގެ ދަރިވަރުން ވެސް ބައިވެރިވާނެ އެވެ.