Advertisement

ގެމަނަފުށީގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރަން މިފްކޯއިން ދަސްކޮށްދެނީ

22 ޑިސެންބަރު 2021 - 10:32 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ކާބޯތަކެތި ތައްޔާރުކުރަން ދަސްކޮށްދިނުމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާ އާއި މިފްކޯ ގުޅިގެން ގެމަނަފުށީގައި ތަމްރީނު ޕްރޮގްރާމެއް ވަނީ ފަށާފައި - ފޮޓޯ: މުހަންމަދު ޝާބިން/އަދަދު


ގެމަނަފުށީގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރަން މިފްކޯއިން ދަސްކޮށްދެނީ

22 ޑިސެންބަރު 2021 - 10:32 0

މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ގއ. ގެމަނަފުށީގައި މަހުގެ ބާވަތްތަކުން ކާތަކެތި ތައްޔާރުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމަކީ ދިވެހި މަސްވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ގެމަނަފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީކުރިއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެކަން ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން މިފްކޯ އާއެކު ވަނީ އެއްބަސްވުމެއް ހަދާފަ އެވެ.

ހަތަރު ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި ކްލާސްތައް ނަގައި ދޭނީ މިފްކޯ މަސް ކާރުހާނާގައި އިސްކޮށް ހަރަކާތްތެރިވާ ފަންނީ ބޭފުޅުންކަމަށް މަސްވެރިންގެ ޖަމިއްޔާއިން މައުލޫމަތުދެ އެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކޮށް ގިނަ ދުވަހު ގެންގުޅެވޭނެ އުކުޅުތަކާއި ވިޔަފާރި އުސޫލުން ގޭގައި އުފައްދާ ކާބޯތަކެތި ތައްޔާރުކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ދަސްކޮށްދޭނެ އެވެ.

ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއް ބައިވެރިއަކަށް އިތުރު ތަމްރީނު ދިނުމުގެ ގޮތުން މިފްކޯގެ މަސްކާރުހާނާގައި ދެ ދުވަހުގެ ތަމްރީނު ވެސް ދޭނެ އެވެ. މީގެ އިތުރުން އެއް ބައިވެރިއަކު އުފައްދާ ބާވަތެއް ބާޒާރަށް ނެރުމަށް ބޭނުންވާ ސާމާނު ހިލޭ ފޯރުކޮށްދީ، ފިހާރަތަކުގައި އެ އުފެއްދުމެއް ވިއްކޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމުގައި ދިވެހި މަސްވެރިން ޖަމިއްޔާއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން މައުލޫމާތުދިނެވެ.