Advertisement

މިސް ޔުުނިވާސް 2021 އަކީ އިންޑިއާގެ ހަރްނާޒް ސަންދު

13 ޑިސެންބަރު 2021 - 10:11 0


މިސް ޔުުނިވާސް 2021 އަކީ އިންޑިއާގެ ހަރްނާޒް ސަންދު

13 ޑިސެންބަރު 2021 - 10:11 0

މި އަހަރުގެ މިސް ޔުނިވާސް ގެ މަގާމު އިންޑިއާގެ ހަރްނާޒް ސަންދު އަށް ލިބިއްޖެ އެވެ.

އުމުރުން 21 އަހަރުގެ ހަރްނާޒް މިސް ޔުނިވާސްގެ ތާޖު ހޯދީ މުބާރާތުގައި ވާދަކުރި 80 ގައުމުގެ ބައިވެރިންގެ ތެރެއިން ފުރޭނިގެންނެވެ. ހަރްނާޒްގެ ބޮލުގައި މިސް ޔުނިވާސް ތާޖު އަޅުވައިދިނީ 2020 ގައި މިސް ޔުނިވާސްގެ މަގާމު ލިބުނު މެކްސިކީގެ އެންޑްރިއާ މީޒާ އެވެ.

ހަރްނާޒްގެ މި ކާމިޔާބީއާއެކު 21 އަހަރަށްފަހު އިންޑިއާއަށް މިވަނީ އަނެއްކާވެސް މިސް ޔުނިވާސްގެ ތާޖު ލިބިފަ އެވެ. އެންމެ ފަހުން އެ ތާޖު ހާސިލްކުރީ 2000 ވަނަ އަހަރު ލާރާ ޑައްޓާ އެވެ.

ޕަންޖާބީ އެކި ފިލްމުތަކުންވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހަރްނާޒް އުޅެ ބޮޑުވީ އިންޑިއާގެ ޗަންދިގަރް ގަ އެވެ. މޮޑެލްކަންވެސް ގިނަ އަހަރުތަކެއް ވަންދެން އޭނާ ކޮށްފައިވާއިރު ގިނަ ކާމިޔާބީތަކެއްވެސް ޒުވާން އުމުރުގައި މި ދާއިރާއިން އޭނާ ވަނީ ހާސިލްކޮށްފަ އެވެ.

އިޒްރޭލު ގައި މި އަހަރު ބޭއްވުނު 70 ވަނަ މިސް ޔުނިވާސް މުބާރާތުގެ ދެވަނަ އަށް ގޮސްފައި ވަނީ ޕެރެގުއޭ ގެ ނާޑިއާ ފެރެއިރާ އެވެ. އަދި ތިންވަނަ ހާސިލްކޮށްފައި ވަނީ ދެކުނު އެފްރިކާގެ ލަލޭލަ މިސްވާނޭ އެވެ.

މިސް ޔުނިވާސް އަކީ 1952 އިން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ރީތީގެ މުބާރާތެވެ.