Advertisement

އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް މަޝެރާނޯ

11 ޑިސެންބަރު 2021 - 12:07 0


އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް މަޝެރާނޯ

11 ޑިސެންބަރު 2021 - 12:07 0

ބިއުނޯސް އެރީޒް (ޑިސެމްބަރު 11) - އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ހަވިއޭ މަޝެރާނޯ ޖަމަޖައްސަން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.

އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން ބުނީ މިހާރު އާޖެންޓީންގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ހުރި ފެނާންޑޯ ބަޓިސްޓާގެ ބަދަލުގައި، އަންނަ މަހުން ފެށިގެން އެ މަގާމާ ހަވާލުވާނީ މަޝެރާނޯ ،37، ކަމަށެެވެ. މިއީ އާޖެންޓީނާގެ ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެފައިވާ މަޝެރޯނާ ކޯޗިންގައި ކުރާނެ ފުރަތަމަ ތަޖުރިބާ އެވެ.

އާޖެންޓީނާގެ ގައުމީ ޓީމުގެ އިތުރުން، ޔޫތު ޓީމުތަކަށް ވެސް ކުޅުނު މަޝެރާނޯ ކުޅުން ހުއްޓާލީ 2020 ވަނަ އަހަރެވެ. ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ ވެސްޓް ހޭމް އާއި ލިވަޕޫލް އަދި ބާސެލޯނާ އަށް ކުޅެފަ އެވެ. ކްލަބު ކެރިއަރުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް 2003 ވަނަ އަހަރު ކުޅެން ފެށި މަޝެރާނޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ފަހު އެވެ. އާޖެންޓީނާއާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި މަޝެރާނޯ ކުޅުނެވެ. -- އޭއެފްޕީ