Advertisement

ނޫމަރާ ފަރަށް ލިބުނު ގެއްލުމަށް 61 މިލިއަން ރުފިޔާ ދައްކަން އަންގައިފި

8 ޑިސެންބަރު 2021 - 12:09 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ނޫމަރާ ނެރު މައްޗަށް ބާޖު އުރިފައި: މި ހާދިސާގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ


ނޫމަރާ ފަރަށް ލިބުނު ގެއްލުމަށް 61 މިލިއަން ރުފިޔާ ދައްކަން އަންގައިފި

8 ޑިސެންބަރު 2021 - 12:09 0

ށ. ނޫމަރާ ފަރަށް 2019 ގައި އުރުނު ބާޖުން އެ ފަރަށް ލިބުނު ގެއްލުމަށް 61 މިލިއަން ރުފިޔާ ދައްކަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

އެ ރަށުގެ ބަނދަރު ހަދަން ގެނައި އެ އުޅަނދު ފަރު އުރިފައި ހުންނަތާ ދެ އަހަރު ދުވަސްވި ފަހުން ފުންކޮށް، އަދި އަޑިއަށް ގޮސްފައިވާ ބައިތައް ނަގައި ސަރަހައްދު ސާފުކޮށް ނިންމީ މިދިޔަ ނޮވެންބަރު މަހު އެވެ.

ނޫމަރާ އަކީ ގާމަތި ރަށަކަށް ވުމާއެކު، ބާޖު އުރުނު ސަރަހައްދަކީ އާންމު ގޮތެއްގައި ވެސް އާދަޔާ ހިލާފަށް އޮއެ ގަދަ ސަރަހައްދެކެވެ.

އީޕީއޭއިން ބުނީ ބާޖު އުރުމުގެ ސަބަބުން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ވަޒަންކޮށް، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން ބާޖުގެ ވެރިފަރާތް 61,681,316.00 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަށް ބާޖުގެ ރާއްޖޭގެ އެޖެންޓް، ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވާ ކަމަށް ވެސް އީޕީއޭއިން ބުނެ އެވެ.

ބާޖު އުރުމުގެ ސަބަބުން ނޫމަރާގެ ފަރުގެ 1،632 އަކަމީޓަރުގެ ސަރަހައްދެއް ހަލާކުވެފައިވާ ކަމަށް އީޕީއޭއިން ބުނެ އެވެ.