29 ނޮވެންބަރު 2021 - 01:37 0
މަރިޔަމް އަރީން އީސާ
29 ނޮވެންބަރު 2021 - 01:37 0
ތާރީހުގައި ފުރަތަމަ ފަހަރަށް އެންޓާކްޓިކާގައި އެއާބަސް އޭ340 މަތިންދާ ބޯޓެއް ޖައްސައިފިއެވެ. މި ދަތުރާއިބެހޭ ހުރިހައި ކަމެއް ހަމަޖައްސާފައިވަނީ ހައި ފްލައި ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެއީ ސައުތު އެފްރިކާގެ ކޭޕްޓައުންއަށް ނިސްބަތްވާ ކުންފުންޏެކެވެ.
މި ދަތުރުކުރި މަތިންދާ ބޯޓުގެ ކެޕްޓަނަކަށް ހުންނެވީ ހައި ފްލައިގެ ނައިބު ރައީސް، ކާރލޮސް މިރްޕޫރީއެވެ. ދަތުރުގެ ބައިވެރީން އެންޓާކްޓިކާގައި ތިން ގަޑިއިރު ހޭދަކޮށްފައިވެ އެވެ. އެންޓާކްޓިކާއަށް މިހާ ބޮޑު މަތިންދާ ބޯޓެއް ކާމިޔާބުކަމާއެކު ޖެއްސުނު މިއީ ފުރަތަމަ ފަހަރެވެ. ގަނޑުފެނުގައި މިކަމަށް ހާއްސަކޮށް ހަދާފައިވާ ރަންވޭއަށް އިރުގެ ދަޅަ އެޅުމުން މަތިންދާ ބޯޓު ޖެއްސުމަށް އުނދަގޫވިކަން ކެޕްޓަން ކާރލޮސް، އޭނާގެ ކެޕްޓަންސް ލޮގްގައި ލިޔުއްވާފައިވެއެވެ. މިއުނދަގޫ ކުޑަކުރުމަށްޓަކައި އެމީހުން ބޭނުންކޮށްފައިވަނީ ހާއްސަ އަވިއަނެކެވެ.
މިފަދަ ދަތުރުތަކުގެ މަގްސަދަކީ ސައިންސުވެރިންގެ ދިރާސާތަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ. މިއަދާހަމައަށްވެސް އެންޓާކްޓިކާގައި އެއާޕޯޓެއް ގާއިމްކޮށް ސައިންސުވެރިންގެ މި މަސައްކަތަށް ލުޔެއް ލިބޭނެގޮތެއް އިންތިޒާމް ކުރެވިފައެއް ނުވެއެވެ. މިހާރު އެންޓާކްޓިކާގައި 50 ލޭންޑިންގް ސްޓްރިޕް ގާއިމް ކުރެވިފަވެއެވެ. ނަމަވެސް މި ތަންތަނުގެ ބޭނުން ހިފެނީ ވަރަށް މަދުންނެވެ. އެންޓާކްޓިކާއަށް ދަތުރުކޮށްލަން ބޭނުންވާ ފަތުރުވެރިންނާއި ސައިންސުވެރިން އާންމުކޮށް އެހިސާބަށް ދަނީ ކަނޑު ބޯޓުފަހަރުގައެވެ.
އޭ340 ގެ މި ދަތުރު ކާމިޔާބުވުން ވެގެންދާނީ މުސްތަގުބަލުގައި މިފަދަ ދަތުރުތަކަށް މަގުފަހިކުރުމަށް ހުޅުވިގެންދާ ދޮރަކަށެވެ. ކުރިމަގުގައި އެންޓާކްޓިކާއަށް ކުރެވޭ ދަތުރުތައް އިތުރުވެގެންދާ މަންޒަރު ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ކެޕްޓަން ކާރލޯސް ބުނެފައިވެއެވެ.
44.44%
0.00%
0.00%
55.56%
މި ލިޔުން ކިޔާލުމުން
Comment