Advertisement

ލަންކާ މުބާރާތް: ދިވެހި ސަޕޯޓަރުންނަށް ޔޫތު މިނިސްޓްރީން 650 ޓިކެޓް!

16 ނޮވެންބަރު 2021 - 07:43 1

ިމިނިސްޓަރު މަހުލޫފް ރޭސްކޯސް ސްޓޭޑިއަމްގައި ދިވެހި ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ކޮލަމްބޯ އިން ދިވެހިންގެ ފޯރި/ ފޭސްބުކް


ލަންކާ މުބާރާތް: ދިވެހި ސަޕޯޓަރުންނަށް ޔޫތު މިނިސްޓްރީން 650 ޓިކެޓް!

16 ނޮވެންބަރު 2021 - 07:43 1

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި މިއަދު ރާއްޖޭން ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ވަންނަން ދިވެހި ސަޕޯޓަރުންނަށް ޔޫތު މިނިސްޓްރީން 650 ޓިކެޓް ފޯރުކޮށްދީފި އެވެ.

މިއަދު ހަވީރު ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗަށް "ކޮލަމްބޯ އިން ދިވެހިންގެ ފޯރި" އަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މެދުވެރިވެވަޑައިގެން ވަނީ 500 ޓިކެޓް ދީފަ އެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަަލަކު ރޭ "އަދަދު" އަށް ބުނީ އެ ޓިކެޓްތައް ހިމެނޭގޮތަށް ޖުމްލަ އެއްކޮށް މިއަދުގެ މެޗަށް މިނިސްޓްރީން 650 ޓިކެޓް ދީފައިވާ ކަމަށެވެ. އެންމެ ފަހުން ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗަށް ވެސް މިނިސްޓަރު މަހުލޫފް ވަނީ 200 ޓިކެޓް ހަދިޔާކޮށްފަ އެވެ.

ބަންގްލަދޭޝް މެޗެކޭ އެއްގޮތަށް ސީޝެލްސް މެޗަށް ވެސް ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ 2500 ރުޕީސް (192 ރުފިޔާ) އަށެވެ.

ލަންކާ އާއި ބަންގްލަދޭޝް މިރޭ ކުޅޭ މެޗުގެ ޓިކެޓެއް 100 ލަންކާ ރުޕީސް (7.65 ރުފިޔާ) އަށް ލިބެ އެވެ. އަދި ލަންކާ އާއި ސީޝެލްސް މެޗުގެ ވީއައިޕީ ޓިކެޓެއް 1000 ލަންކާ ރުޕީސް (76 ރުފިޔާ) އަށް ވިއްކަން ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖޭން މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗަކީ މޮޅުވުން މަޖުބޫރު މެޗެކެވެ. ކޮންމެ ނަތީޖާ އަކުން ރާއްޖެ މޮޅުވި ކަމުގައި ވިޔަސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. އެހެންވެ، މި މެޗަށް ދިވެހި ސަޕޯޓަރުން އަންނަނީ ވަރަށް ފޯރީގައި ތައްޔާރު ވަމުންނެވެ.