Advertisement

ދޫނިދޫ ޖަލުގައި ގައިދީން ހަޅުތާލު ކުރަނީ

21 އޮކްޓޯބަރު 2021 - 22:26 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ކ. ދޫނިދޫ: އެ ރަށުގައި ފުލުހުން ހިންގަނީ ކަސްޓޯޑިއަލް ނުވަތަ ރިމާންޑު ޖަލެއް -- ފޮޓޯ: ގޫގަލް މެޕްސް ކެޕްޗާ


ދޫނިދޫ ޖަލުގައި ގައިދީން ހަޅުތާލު ކުރަނީ

21 އޮކްޓޯބަރު 2021 - 22:26 0

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބެންޖެހޭ ގައިދީން ފުލުހުން ހިންގާ ރިމާންޑު ޖަލު ދޫނިދޫގައި ބަންދުކޮށްފައި ތިބުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ސުލްހަވެރި އިހުތިޖާޖެއް ކުރަން ފަށައިފި އެވެ.

ހުކުމް ތަންފީޒު ކުރުމަށްޓަކައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބެންޖެހޭ ގައިދީންތަކެއް މިއަދުގެ ވަގުތަކުން ފެށިގެން ދޫނިދޫ ޖަލުގައި ހަޅުތާލު ކުރަމުންދާކަން ފުލުހުން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ހަޅުތާލުގައި ބައިވެރިވާ ގައިދީންގެ އަދަދެއް ނުބުނެ އެވެ.

"ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ. ދޫނިދޫ ކަސްޓޯޑިއަލްގެ ހާލަތު ނޯމަލް،" ފުލުހުންގެ މީޑިޔާ އޮފިޝަލަކު ބުންޏެވެ.

ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސް އިން ބަލަހައްޓަމުންދާ ޖަލުތަކާއި ފުލުހުން ބަލަހައްޓާ ކަސްޓޯޑިއަލް ޖަލުތަކުގެ ތަފާތުތަކެއް ހުރެ އެވެ. އަދި ހުކުމް ތަންފީޒު ކުރުމަށްދާ ގައިދީއަކަށް ލިބޭ ހައްގުތަކެއް ވެސް ހުރެ އެވެ. އެހެންކަމުން ކޯޓުން ހުކުމް ކުރުމުން އެއްވެސް ގައިދީއަކު ދޫނިދޫގައި މަޑު ކުރުމަކީ ބޭނުންވާ ކަމެއް ނޫނެވެ.

ދޫނިދޫ ޖަލުގައި ބަހައްޓަނީ ކުށް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހާ އެވެ. މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު ސަރުކާރުން ހެދި ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެއިރު އެ ޖަލުގައި 30 މީހަކު ބަންދުކޮށްގެން ގެންގުޅޭ ކަމަށެވެ.