Advertisement

އިރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު 10 އަހަރަށް ޖަލަށް

17 އޮކްޓޯބަރު 2021 - 09:39 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނު މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ވަލީއުﷲ ސައިފް.


އިރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު 10 އަހަރަށް ޖަލަށް

17 އޮކްޓޯބަރު 2021 - 09:39 0

ތެހްރާން، އިރާން (އޮކްޓޯބަރު 16) - ބޭރު ފައިސާ ޓްރޭޑް ކުރުމުގައި 160 މިލިއަން ޑޮލަރާއި 20 މިލިއަން ޔޫރޯ ގެއްލުނު މައްސަލާގައި އިރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު 10 އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

އިރާން މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަގާމުގައި ވަލީއުﷲ ސައިފް ހުރީ 2013 އިން 2018 އަށެވެ. އޭނާ އަކީ ކުށެއް ސާބިތުވެ، ހުކުމެއް އިއްވި އިރާނުގެ ފުރަތަމަ ގަވަރުނަރެވެ. ނަމަވެސް 69 އަހަރުގެ ސައިފް މައްސަލަ އިސްތިއުނާ ކުރުމުން އޭނާ ޖަލުގައި ބަންދުކޮށްފައެއް ނުވެ އެވެ.

އިރާނުގެ ޖުޑިޝަރީގެ ވެންސައިޓުގައިވާ ގޮތުން ސައިފް އާއި ކުރީގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު އަރަގްޗީ ތަކުރާރުކޮށް ގާނޫނާ ހިލާފުވެފައި ވެ އެވެ. އަރަގްޗީ އަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ސައިފް އާއި އަރަގްޗީގެ އިތުރުން މަރުކަޒީ ބޭންކުގެ އިސް މަގާމެއްގައި ހުރި ރަސީލް ސަޖަދް އަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ރިޝްވަތު ނެގުމާއި ގާނޫނާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރި ހިންގިކަން ސާބިތުވުމުންނެވެ.