Advertisement

ޕްރީ ސްކޫލް ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

16 އޮކްޓޯބަރު 2021 - 16:50 1

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ޕްރީ ސްކޫލް ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

16 އޮކްޓޯބަރު 2021 - 16:50 1

މާލޭގެ ޕްރީ ސްކޫލެއްގައި ކިޔަވަމުން ދިޔަ އަންހެން ކުއްޖަކަށް އެ ސްކޫލްގެ އަންހެން މުވައްޒަފެއް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މި މައްސަލައާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިކަމުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ. އެކަމަކު މިއީ ކުޑަކުދިންނާ ގުޅޭ މައްސަލައަކަށްވާތީ މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކައިރިން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ މިދިޔަ ހަފުތާގެ ދުވަހެއްގައި، އެ ކުއްޖާ ފާހަނާ އަށް ދިޔަ ވަގުތު އެވެ. އަދި އެ ކުއްޖާ އަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށްވެ އެވެ. އެ ކުއްޖާ އަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.