Advertisement

އިނގިރޭސި އެމްޕީގެ މަރަށް ފަހު ސެކިއުރިޓީ ވަރުގަދަކޮށްފި

16 އޮކްޓޯބަރު 2021 - 14:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިނގިރޭސި އެމްޕީ ޑޭވިޑް އެމެސްގެ ހަނދާނުގައި ބޭއްވި ހަފްލާއެއްގައި އޭނާގެ ފޮޓޯ ބަހައްޓާފައި.


އިނގިރޭސި އެމްޕީގެ މަރަށް ފަހު ސެކިއުރިޓީ ވަރުގަދަކޮށްފި

16 އޮކްޓޯބަރު 2021 - 14:02 0

ލެއި-އޮން-ސީ، އިނގިރޭސި ވިލާތް (އޮކްޓޯބަރު 16) - އިނގިރޭސި ޕާލިމެންޓު މެމްބަރު ޑޭވިޑް އެމެސް އަށް ދިން ވަޅީގެ ހަމަލާ އަކީ ޓެރަރިސްޓު އަމަލެއް ކަމަށް ނިންމައި ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

އުމުރުން 69 އަހަރުގެ އެމެސް އަށް ހުކުރު ދުވަހު ވަޅިން ހަމަލާ ދީ އަވަހާރަކޮށްލީ އިރުމަތީ ލަންޑަންގެ ލެއި-އޮން-ސީ އަވަށުގެ ޗާޗެއްގައި އާއްމުންނާ ބައްދަލުކުރަމުން ދަނިކޮށެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވޭ 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިއީ "އިސްލާމީ ހަރުކަށި ފިކުރާ ގުޅުން ހުރި" ކަމެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

އިނގިރޭސި މީޑިއާ އިން ރިޕޯޓު ކުރާ ގޮތުގައި ހައްޔަރު ކުރި މީހާ އަކީ ސޯމާލިއާ ދަރިފަސްކޮޅަށް ނިސްބަތްވާ އިނގިރޭސި ރައްޔިތެކެވެ.

އާއްމު ތަނެއްގައި މިފަދަ ހަމަލާއެއް ދިނުމުން އިނގިރޭސި ސިޔާސީ ފަރާތްތައް ތިބީ ޝޮކެއްގަ އެވެ. މީގެ ކުރިން 2016 ވަނަ އަހަރު ވެސް އެމްޕީ އަކަށް މިފަދަ ހަމަލާއެއް ދީފައި ވެ އެވެ. އެ ފަހަރު ލޭބާ ޕާޓީގެ ޖޯ ކޮކްސް އަށް ހަމަލާ ދީ އަވަހާރަކޮށްލީ ކަނާއަތު ފިޔައިގެ ހަރުކަށި ފިކުރުގެ މީހެކެވެ.

ހުކުރު ދުވަހުގެ ހަމަލާއާ އެކު ހޯމް ސެކެޓްރީ ޕްރިޓީ ޕަޓޭލް ވަނީ އިނގިރޭސިވިލާތުގެ 650 ޕާލިމެންޓު މެމްބަރުންގެ ސެކިއުރިޓީ ރިވިއު ކުރަން ފުލުހުންނަށް އަމުރު ކުރައްވާފަ އެވެ.