Advertisement

ކޮރަޕްޝަންގެ މައްސަލައެއްގައި އެމްޓީސީސީގެ ކުރީގެ އެމްޑީ ޒިޔަތަށް ދައުވާކުރަން ފޮނުވައިފި

13 އޮކްޓޯބަރު 2021 - 18:30 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އިބްރާހިމް ޒިޔަތު: އޭނާގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން ވަނީ ފޮނުވާފައި


ކޮރަޕްޝަންގެ މައްސަލައެއްގައި އެމްޓީސީސީގެ ކުރީގެ އެމްޑީ ޒިޔަތަށް ދައުވާކުރަން ފޮނުވައިފި

13 އޮކްޓޯބަރު 2021 - 18:30 0

އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

ޒިޔަތާ ގުޅޭ ގޮތުން އޭސީސީން ތަހުގީގު ކުރީ އެ ކުންފުނީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމަށްޓަކައި، 53 ބިދޭސީން ގެނައުމަށް‎‏ އުސޫލާ ހިލާފަށް ޖޮބް އޯޑާއެއް ހެދި މައްސަލައެކެވެ.

އެމްޓީސީސީން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ ބިދޭސީން ރެކްރޫޓްކުރުމަށް ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާއެކު އެއްބަސްވުން 2017 ވަނަ އަހަރު ހެދި އެވެ. އަދި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް އެދޭއިރު އެ ކުންފުނިން އަމަލުކުރަންޖެހޭ އުސޫލު އެ އެއްބަސްވުމުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް، އޭސީސީން ބުނި ގޮތުގައި ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމުގައި އެމްޓީސީސީން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް، ބިދޭސީން ރެކްރޫޓްކުރުމަށް ހާއްސަ ޖޮބް އޯޑާއެއް ތައްޔާރުކޮށް، އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އެމްޓީސީސީން ފޮނުވާފައިވާ ކަމަށެވެ. އަދި އެ ޖޮބް އޯޑާއަށް ހުއްދަ ދީފައިވަނީ ޒިޔާތެވެ.

އޭސީސީން ބުނާ ގޮތުގައި ޖޮބް އޯޑާ ހަދާފައިވަނީ އެއްބަސްވުމާ ހިލާފަށް، އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ނާޖާއިޒު ފައިދާ ލިބޭގޮތަށެވެ.

އެއީ, ހާއްސަ ޖޮބް އޯޑާއެއް ހަދާފައިވަނީ އެއްބަސްވެފައިވާ ގިނަ ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ އަދަދެއްގެ ބަނގްލަދޭޝް ރައްޔިތުން ނުގެނެވޭނެ ކަމަށް ބުނެ ކަމަށްވާތީ އެވެ. އަދި, އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ ހުއްދައެއް ދީފައިވާ ކަމަށް ވެސް ބުނެ އެވެ.

ނަމަވެސް، އޭސީސީން ބެލިބެލުމުން، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކުގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ބިދޭސީން ގެނައުމުގައި ހާއްސަ ލުއިފަސޭހައެއް ދީފައި ނުވާކަން އެނގޭ ކަމަށް ބުންޏެވެ.

އެހެންކަމުން، ހަމައެކަނި އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެމްޓީސީސީއަށް ބިދޭސީން ގެނައުމަށް ނިންމާފައިވާ އެ ކުންފުނީގެ ސްޕެޝަލް ޖޮބް އޯޑާއަކީ އެކުންފުނީގެ ސީއީއޯގެ މަގާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމާއި، އެކަމުގެ ސަބަބުން އެ ދެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށް އޭސީސީން ކަނޑައެެޅި އެވެ.

އޭސީސީން އެދިފައިވަނީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށެވެ.

އިބްރާހިމް ޒިޔަތަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި އެންމެ ބޮޑަށް ތުހުމަތުވާ އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތު އަދި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ނަން އޮތުމުން އިސްތިއުފާ ދެއްވި ކުރީގެ އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތުގެ ކޮއްކޮ އެވެ.

އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޒިޔަތު ވާދަ ކުރެއްވި އެވެ.