Advertisement

ކްރިކެޓްގެ މުހިއްމު މަޝްވަރާތަކަކަށް ސީބީއެމްގެ ރައީސް ފައިސަލް ދުބާއީ އަށް

13 އޮކްޓޯބަރު 2021 - 15:22 0

ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ކްރިކެޓްގެ މުހިއްމު މަޝްވަރާތަކަކަށް ސީބީއެމްގެ ރައީސް ފައިސަލް ދުބާއީ އަށް

13 އޮކްޓޯބަރު 2021 - 15:22 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް ބައިނަލްއަގުވާމީ ކްރިކެޓްގެ މުހިއްމު މަޝްވަރާތަކަކަށް މިއަދު ހެދުނު ދުބާއީ އަށް ފުރާވަޑައިގެންފި އެވެ.

ދުބާއީގައި ކުރިއަށްދާ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ ބޯޑްގެ މުހިއްމު ބައްދަލުވުމެއްގައި ފައިސަލް ބައިވެރިވަޑައިގެންނަވާނެ އެވެ. އޭގެ އިތުރުން އޭސީސީ އާއި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އިސް މެމްބަރުންނާ ރާއްޖޭގެ ކްރިކެޓާ ބެހޭ މުހިއްމު މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ދަތުރު ނިންމާލުމަށް ފަހު ފައިސަލް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މިދިޔަ އަހަރު ކްރިކެޓް ބޯޑްގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތް ފައިސަލްގެ ލީޑަޝިޕްގެ ދަށުން 120 ދުވަހުގެ ތެރޭގައި ކުރަން ޓާގެޓްކޮށް ގިނަ ކަންތައްތަކެއް ވަނީ ހާސިލްކޮށްފަ އެވެ.

އެ ކަންތައްތަކުގެ ތެރޭގައި ކްރިކެޓް ބޯޑުގެ ހިނގުން ހަރުދަނާ ކުރުމަށް ހިނގުމުގެ ހުރިހާ ދާއިރާތަކަކަށް އަމާޒުކޮށް އުސޫލުތަކެއް ތައްޔާރުކޮށް މިހާރު ގެންދަނީ އަމަލު ކުރަމުންނެވެ. މީގެ އިތުރުން ޒަމާނީ ހިންގުމުގެ މޮޑެލްގެ ތެރެއިން ކްރިކެޓްގެ ފަހުގެ މައުލޫމާތުތައް އެއް ތަނަކުން ލިބޭ ގޮތަށް އެޕްލިކޭޝަނެއް ވަނީ ލޯންޗްކޮށްފަ އެވެ.

ދާދި ފަހުން އިންޑޯ ކްރިކެޓް ރާއްޖެ އަށް ތައާރަފް ކުރުމަށް ފަހު މިހާރު ސީބީއެމް އިން އަމާޒުހިފާފައިވަނީ 2030 ވަަނަ އަހަރަށް ޓާގެޓްކޮށް ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލްކުރުމަށެވެ.