Advertisement

ސުލޫކީ މިންގަނޑާ ހިލާފުވުމުން ޕެންޝަން އޮފީހުގެ ސީއީއޯ ވަކިކޮށްފި, ބޯޑު ދެ މެންބަރަކު އިސްތިއުފާ

13 އޮކްޓޯބަރު 2021 - 06:24 1

ހުސެއިން އަރުބާން ފައްވާޒް

ހ

Advertisement

ޕެންޝަން އޮފީހުގެ އާ ސީއީއޯގެ މަގާމުން ވަކިކުރި ޖޯން ގްރިންޑަލް -- ފޮޓޯ: ޕެންޝަން އޮފީސް


ސުލޫކީ މިންގަނޑާ ހިލާފުވުމުން ޕެންޝަން އޮފީހުގެ ސީއީއޯ ވަކިކޮށްފި, ބޯޑު ދެ މެންބަރަކު އިސްތިއުފާ

13 އޮކްޓޯބަރު 2021 - 06:24 1

Advertisement

Advertisement

ރާއްޖޭގެ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މިދިޔަ އަހަރުގެ ފަހުކޮޅު އައްޔަން ކުރި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް، އެ އޮފީހުގެ ސްލޫކީ މިންގަނޑުން ބޭރުވުމުން ވަޒީފާއިން ވަކިކޮށްފި އެވެ.

ޕެންޝަން އޮފީހުގެ ޕަބްލިކް ރިލޭޝަން މެނޭޖަރު، އައިޝަތު ފަޒްނާ ވަނީ އެ އޮފީހުގެ ސީއީއޯ އިއްޔެގެ ވަގުތެއްގައި ވަޒީފާއިން ވަކިކޮށްފައިވާކަން މި ނޫހަށް ކަށަވަރުކޮށް ދެއްވާފަ އެވެ.

Advertisement

އިންޝުއަރެންސާއި ޕެންޝަންގެ ދާއިރާގައި 25 އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ގްރިންޑަލް ވަޒީފާއިން ވަކިކޮށްފައިވާއިރު, އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި އެ މައްސަލަ މީޑިއާއަށް ތިލަވި އެވެ.

ނަމަވެސް, އޭރު ވެސް ޕެންޝަން އޮފީހުން އެކަން ދޮގުކުރި އެވެ.

ގްރިންޑަލް ވަޒީފާއިން ވަކިކުރީ ސުލޫކީ ކޮން މިންގަނޑަކާ ހިލާފުވެގެން ކަމެއް އެ އޮފީހުން ހާމައެއް ނުކުރި އެވެ. ނަމަވެސް ފަޒްނާ ވިދާޅުވި ގޮތުގައި ގްރިންޑަލް ވަޒީފާއިން ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫނެވެ.

Advertisement

ފަޒްނާ އިތުރަށް ވިދާޅުވީ ޕެންޝަން އޮފީހުގެ ބޯޑުން ވެސް ދެ ބޭފުޅަކު އިސްތިއުފާވެސް ދެއްވާފައިވާ ކަމަށެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވި ސަބަބު ވިދާޅުވެފައިނުވާ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވާފައިވަނީ އަބްދުﷲ އަލީ އަދި އައިޝަތު ލުއުލުއާ އެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހެއް އުފެދުނީ 2009 ވަނަ އަހަރު އެވެ. އެ އޮފީހުގެ ސީއީއޯ މަގާމުގައި އެންމެ ފަހުން ހުންނެވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރިން ކުރެއްވި މުހައްމަދު ހުސައިން މަނިކު އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ކަރާ

over 3 years ago

ކިހިނެއް މިވީ. ގައިމު އެތަނުން މީގެ ދެތިންދުވަސްކުރިން ބުނި ދޮގެކޭ. މިވެރިން ތެދެއް ނަހަދާނެ ދުވަހަކުވެސް. ތިމައްސަލަ އޮއްބާލާނެ. ނުވެސް ބެލޭނެ. ދޮންމީހެއްނު. ރަނގަޅަށްވިއްޔާ ތިމީހާ މިހާރު ފޮނުވާލައިފަ ވާނީ