Advertisement

ސާވިސް ޗާޖާ ގުޅޭ މައުލޫމަތު ހުށަހެޅުމަށް ހާއްސަ އޮންލައިން ސިސްޓަމެއް

13 އޮކްޓޯބަރު 2021 - 10:54 1

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)


ސާވިސް ޗާޖާ ގުޅޭ މައުލޫމަތު ހުށަހެޅުމަށް ހާއްސަ އޮންލައިން ސިސްޓަމެއް

13 އޮކްޓޯބަރު 2021 - 10:54 1

ސާވިސް ޗާޖާ ގުޅޭ މައުލޫމަތު ހުށަހެޅުމަށް ހާއްސަ އޮންލައިން ސިސްޓަމެއް އުފައްދައި، މި ސިސްޓަމް މެދުވެރިކޮށް ބަލައިގަންނަ މައުލޫމާތު ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އާއި ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފި އެވެ.

މީރާއިން ވަނީ އެލްއާރުއޭ އާއެކު ދެ އިދާރާގެ ދެމެދު މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

އެމްއޯޔޫއެއްގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެވެ. އަދި އެލްއާރުއޭ ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް، އިބްރާހީމް ރަޝީދު މޫސާ އެވެ.

އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ސާވިސް ޗާޖު ނަގާ ފަރާތްތަކުން އެލްއާރުއޭ އަށާއި މީރާއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ދެ އިދާރާއަށް ހުށަހެޅުމުގެ ބަދަލުގައި ހަމައެކަނި މީރާއަށް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސަން ވަނީ ނިންމާފަ އެވެ.

އެލްއާރުއޭ އަށް ބަލައިގަންނަ ފައިސާ މީރާއިން ބަލައިގަތުމުގެ އިންތިޒާމުވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖައްސައިފަ އެވެ.

ސާވިސް ޗާޖާ ގުޅޭ މައުލޫމަތު ހުށަހެޅުމަށް ހާއްސަ އޮންލައިން ސިސްޓަމެއް އުފައްދައި، ބަލައިގަންނަ މައުލޫމާތު އެލްއާރުއޭ އާ ހިއްސާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމާފައި ވަނީ ވެސް މި އެއްބަސްވުމުގެ ދަށުންނެވެ.