12 އޮކްޓޯބަރު 2021 - 16:57 1
އަހުމަދުﷲ އަބްދުލްހާދީ
ބ. ދޮންފަނު. އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާ ގުޅިގެން މިވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ. ކައުންސިލުން ވަނީ އެ މައްސަލައިގެ ޝަކުވާ ރައީސްގެ އަރިހަށް ގެންދަން ވެސް ނިންމާފަ-- ފޮޓޯ: ހަސަން އިސްމާއިލް
12 އޮކްޓޯބަރު 2021 - 16:57 1
ޕްލޭނިން މިނިސްޓްރީން ބ. ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިއަށް ގެންދާ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ޝަކުވާލިބިފައިވާއިރު ވެސް، އެ ޝަކުވާތަކަށް އިޖާބަނުދީ އެ މަޝްރޫއު ކުރިޔަށް ގެންދާތީ، އެކަމާ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކައުންސިލުގެ ހަތަރު މެމްބަރުން ސޮއިކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރަން ކުރިޔަށްގެންދާ މަޝްރޫއުގައި ރިވެޓްމެންޓް ޖަހަން ކަނޑައަޅާފައިވާ ސަރަހައްދާއި ގުޅެ އެ މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން ހުރި މަޝްރޫއެއް ކަމަށެވެ.
ކައުންސިލުގެ ބަޔާނުގައި ބުނި ގޮތުގައި ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރަން ކުރިޔަށް ގެންދާ މަސައްކަތުގައި ރިވެޓްމެންޓް ޖަހާ ގޮތަކީ އެރަށަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދެ އެވެ. އަދި ރައްޔިތުން އެދޭ ގޮތް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެކަމަކު, ރައްޔިތުން އެދޭ ގޮތަށް ރިވެޓްމެންޓް ނުޖެހެނީ ރަށުގެ ފަސްގަނޑު ބޭރުން ރިވެޓްމެންޓް ބޭރަށް ޖައްސައިގެން މަސައްކަތް ކުރިޔަށް ގެންދިޔުމަކީ ރަށުގެ މާހައުލަށް ބަލާ އެފަދަ މަސައްކަތެއް ކުރުމަށް ޓެކްނިކަލީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވާތީ ކަމަށް މިނިސްޓްރީގެ ފަރާތުން ދޮންފަނަށް ދިޔަ އޮފިޝަލުންތަކެއް ބުނެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އަދި ރަށުގެ ރިވެޓްމެންޓް އިތުރަށް ބޭރަށް ޖެއްސުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމަށް ވެސް އޮފިޝަލުން ބުނެފައިވާ ކަމަށެވެ.
އެހެންނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން މިނިސްޓްރީގެ އެ އޮފިޝަލުން ރައްޔިތުންނާއެކު ރިވެޓްމެންޓް ޖަހާ އެ ސަރަހައްދަށް ދިޔުމަށް އެދުމުން އެކަމަށް އިޖާބަދީފައި ނުވާކަން ފާހަގަކޮށް، އެ މަޝްރޫއުގައި ރައްޔިތުންގެ ހުރި ޝަކުވާއަށް ވެސް އިޖާބަނުދީ އެ މަޝްރޫއު ކުރިޔަށް ގެންދަން ނިންމާފައިވާ ނިންމުން ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ކުށްވެރިކޮށްފަ އެވެ.
އަދި ކައުންސިލާއި ރައްޔިތުން ބެލި ބެލުމުން، މާފުން ކަމަށް ބުނެ މިނިސްޓްރީން ރިވެޓްމެންޓް ބޭރަށް ޖައްސަން ދެކޮޅު ހަދާ އެ ސަރަހައްދަކީ ހަގީގަތުގައި އެޔަށްވުރެ ތިލަ ހިސާބެއް ކަމަށް ވެސް ކައުންސިލުން ވަނީ ބަޔާނުގައި ފާހަގަކޮށްފަ އެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ ދަށުން އާއްމުކޮށް ޖަހާ ރިވެޓްމެންޓަކީ ގޮނޑުދޮށުގައި ރާޅުޖަހާ ސަރަހައްދުތަކުގައި ރާޅުތަކުގެ ބާރު ކަނޑުވާލައި ރަށްގިރުންފަދަ ކަންކަން ހުއްޓުވުމަށް މަތިން ތިރިޔަށް ކާވް ވާ ފަދަ ގޮތަކަށް އަތުރާލެވޭ ގަލާއި ކޮންކްރީޓުގެ ބިނާ އެކެވެ. ގޮނޑުދޮށް ހިމާޔަތްކުރަން އާއްމުކޮށް ބިނާކުރާ ސީވޯލްފަދަ ބިނާތަކާއި ރިވެޓްމެންޓާއި ތަފާތުވަނީ އެ ކާވްގެ ސަބަބުންނާއި ގޮނޑުދޮށާއި އެެއްވަރަކަށް އަތުރާލެވިފައި އޮންނަ ގޮތުންނެވެ. ރާއްޖޭގައި ކުރިޔަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ ދަށުން ރިވެޓްމެންޓް ޖެހުމަކީ އާއްމުކޮށް ކުރާ ކަމެކެވެ.
ދޮންފަނުގެ ކައުންސިލުން ނެރުނު އެ ބަޔާނުގައި ވަނީ ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ މަޝްރޫއުތައް ކުރިޔަށްގެންދަން ވާނީ ރައްޔިތުން އެދޭ ގޮތަށް، އެ މަސައްކަތަކުން ރައްޔިތުންނަށް އެންމެ މަންފާވާ ގޮތަށް ކަމަށް ކައުންސިލުން ދެކޭތީ، ސަރުކާރުގެ ފަރާތުން ރައްޔިތުން އެދޭ ގޮތަށް އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ގޮވާލާފަ އެވެ.
އަދި އެ މައްސަލައިގަ ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހުށަހެޅުމަށް ކައުންސިލުން އެދޭތީވެ، އެކަމަށްޓަކައި އެޕޮއިންޓްމެންޓެއް ހޯދުމަށް ކައުންސިލުން އެދިފައިވާނެ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޓެޗް
over 3 years ago
ދެން ރައްޔިތުން ކުރިޔަށް ގެންދަން ދޭންވެއްޖެއްނު ތިޔަ މަސައްކަތް. އެހެރަ ބުނަނީވިއްޔަ މާ ތިލަ ސަރަހައްދެކޭ، އެކި މޫސުމަށް އެކި ދިމާލަށް ވެލި ދުވާއިރު އެކަން އެނގި ތިބެވެސް. އެނޫންސް ޚަރަދު ބޮޑުވެދާނެ ކަމަށް ބަލައިވެސް އުޅެފާނެ ހަމަ ނުކުރަން. އެކަމު ޓެކްނިކަލީ ކުރެވޭނެ ކަމެއް ނޫނޭ ބުނާ ބުނުމަށް އެބަޖެހޭ ސަބަބު ބަލަން.
Comment