Advertisement

ބުރުނީ ރޯއްޖަށް ތިޔާގި؛ ދިޔަމިގިއްޔަށް 2000 ރާގޮނޑި ހަދިޔާ އަށް!

7 އޮކްޓޯބަރު 2021 - 09:46 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ބުރުނީ ރައްޔިތުން މިދިޔަ އަންގާރަ ދުވަހު ފަޅުތެރޭގައި މަސްހިފަން އުޅުމުގެ ތެރޭން ނަގާފައިވާ މަންޒަރެއް


ބުރުނީ ރޯއްޖަށް ތިޔާގި؛ ދިޔަމިގިއްޔަށް 2000 ރާގޮނޑި ހަދިޔާ އަށް!

7 އޮކްޓޯބަރު 2021 - 09:46 0

އަންގާރަ ދުވަހު ތ. ބުރުންޏަށް އަނެއްކާވެސް އައީ "ރާގޮނޑި" އީދެކެވެ. މިއީ ނިމުނު އޮގަސްޓު މަހުގެ 17 ވަނަ ދުވަހު އެރަށުގެ ފަޅުތެރެއަށް ރާނގޮޑި ވަދެ ފުރާލައިގެން ރަށަށް އުފާވެރިކަން އައި ފަހުން އެވަރުގެ ފޯރިއެއް ރާގޮނޑި ހިފަން ރަށުގައި ހިއްޕާލި ދެވަނަ ފަހަރެވެ. މިފަހަރު މަގްސަދު ތަފާތެވެ. "ރާގޮނޑި"ން ތިޔާގިވެފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވީ ބުރުނީގެ މުޅި ރައްޔިތުން މިފަހަރު މަސް ހިފަން ނިކުތީ ކޮވިޑާ ހެދި މޮނިޓަރިންގައި އޮންނަތާ ވިއްސަށް ވުރެ ގިނަ ދުވަސް ގުނަމުން އަންނަ އެ އަތޮޅު ދިޔަމިގިއްޔަށް ހަދިޔާ އެއް ދިނުމަށެވެ.

އަންގާރަ ދުވަހު އެރަށުގެ ރައްޔިތުން 5000 ރާގޮނޑި ހިފިއެވެ. އޭގެ ތެރެއިން 2000 ރާގޮނޑި އެރޭ ދޯންޏެއްގައި ގޮސް ދިޔަމިގިއްޔަށް ހަދިޔާކުރި އެވެ. މިއީ ރަށަކަށް "ބުރުނީ ރޯދި" ބެހި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް، ރަށަކަށް އެހީވާން އެއް މަގްސަދެއްގައި ރަށުގެ މުޅި ރައްޔިތުން ރާގޮނޑި ހިފަން ނިކުތުން ހާއްސަ އެވެ.

ބުރުނީ އިން ދިޔަމިގިއްޔަށް ގެންދަން ހިފި މަސްތައް އެރަށަށް ގެންދަން ދޯންނޏަށް އަރުވަން ތައްޔާރުކޮށްފައި


"މިދިޔަ މަހު ރަށަށް ރާގޮނޑި ވަންނަން ފެށި ފަހުން އެންމެ ދުވަހެއް ވެސް ނުދޭ ފަޅަށް މަސް ނުވަންނަ. އެހެންވީމަ، ރަށް މިވަގުތު މަހަށް މިހާ ތިޔާގިކޮށް އޮތީމަ އަޅުގަނޑުމެން ބޭނުންވީ ދިޔަމިގިއްޔަށް ހަދިޔާއެއްގެ ގޮތުގައި މަސް ދޭން،" ރަށުގެ ކައުންސިލް މެންބަރު އައިޝަތު ސަމާ ވިދާޅުވި އެވެ.

ދިޔަމިގިލީ ރައްޔިތުން ރާގޮނޑި ހިފަން ދާ އަޅައިގެން: ރާގޮނޑި ހިފުމަކީ އަބަދުވެސް ރަށް އެއްބައިވަންތަ ކުރުވާ ކަމެއް



އާބާދީގައި ހާހެއް ވެސް ހަމަނުވާ ދިޔަމިގިލީގައި ކޮރޯނާ ވައިރަސް ފެތުރި ރަށް މޮނިޓަރިން އަށް ލީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. އެއީ ރަށުގައި ހުމެއް އުޅޭތީ ނެގި 70 އެއްހާ ސާމްޕަލުން 14 ސާމްޕަލް ގެ ނަތީޖާ ޕޮޒިޓިވް ވެގެންނެވެ. އަދިވެސް އެރަށުގައި އެކްޓިވް ކޭސްތައް އެބަ އުޅެ އެވެ.

"ވަރަށް ހިތްހަމަޖެހޭ މިކަހަލަ ދަނޑިވަޅެއްގައި އަވައްޓެރި ރަށްރަށުން އެހީތެރިކަން ލިބޭތީ. ބުރުނިން މިވަރުގެ ހަދިޔާ އެއް ލިބުނު އިރު މަޑިފުށިން ވެސް މީގެ ކުރިން ވަނީ މަހާއި ކާޑު ވެސް ހަދިޔާ ކޮށްފައި." ދިޔަމިގިލި ކައުންސިލް މެންބަރު މަރިޔަމް އަލީ ވިދާޅުވި އެވެ.

ދަތީގައި އެހީތެރިވުމުގެ މިފަދަ އާދަތައް އަބަދުވެސް ރާއްޖޭގެ އެކި ހިސާބުތަކުން ފެނެ އެވެ. ހާއްސަކޮށް ކޮވިޑް 19 އާ ވިދިގެން ރަށްރަށް މޮނިޓަރިން އަށް ލާން ފެށުމުން އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ މިފަދަ އެތައް މަންޒަރުތަކެއް އަތޮޅުތެރެއިން ފެނުނެވެ.