Advertisement

އެމްޑީޕީ އިންތިހާބު: ދިޔަމިގިލީގެ ވޯޓު ބާއްވަނީ

5 އޮކްޓޯބަރު 2021 - 08:44 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


އެމްޑީޕީ އިންތިހާބު: ދިޔަމިގިލީގެ ވޯޓު ބާއްވަނީ

5 އޮކްޓޯބަރު 2021 - 08:44 0

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ބޭއްވިއިރު، ކޮވިޑްގެ ހާލަތު ގޯސްކޮށް އޮތް ތ. ދިޔަމިގިލީގައި ވޯޓުލުން ބޭއްވުމަށް ނިންމައިފި އެވެ.

ޖުމްލަ 97 ދާއިރާއަކަށް 730 ކެންޑިޑޭޓުން ވާދަކުރި އެމްޑީޕީގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއްޔެ އިއުލާނުކުރި ނަމަވެސް ތ. ގުރައިދޫ ދާއިރާގެ ނަތީޖާ ހިމަނާފައެއް ނުވެ އެވެ. އެއީ އެ ދާއިރާގެ ދިޔަމިގިލީގެ ވޯޓުލުން ބޭއްވުމަށް ނިންމާފައި ވާތީ ކަމަށް ޕާޓީއިން ބުނެ އެވެ.

ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ އާއި ދިޔަމިގިލީގެ އިތުރުން ގާދިއްފުއްޓެވެ.

ކޮވިޑްގެ ކޭސްތަކެއް ފެނުމާއެކު ދިޔަމިގިލި މޮނިޓަރިންއަށް ލީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. އެރަށުގައި މިހާރު ވެސް ކޮވިޑަށް ޕޮޒިޓިވް 34 މީހެއް އެބަ ތިބި އެވެ.

އެމްޑީޕީން މީގެ ކުރިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގުރައިދޫ ދާއިރާގެ ވަކި މަގާމަކަށް ހޮވޭ ފަރާތާއި އެ ފަރާތާ ވިދިގެން އެންމެ ގިނަ ވޯޓު ލިބުނު ފަރާތާ ދެމެދު އޮތް ފަރަގަކީ، ދިޔަމިގިލީގައި ވޯޓުލީ ނަމަ، ނަތީޖާއަށް ބަދަލު އަންނާނެ ފަރަގެއް ކަމުގައިވާ ނަމަ އެ ދާއިރާގެ ވޯޓުލުން އަލުން ބާއްވާނެ ކަމަށެވެ.

ތ. ގުރައިދޫ ދާއިރާގެ ވަގުތީ ނަތީޖާ


ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ކެންޑިޑޭޓުން:- ރަގީބް އަލީ - 267 ވޯޓު ފަޒީލް އަބްދުއް ލަތީފް - 232 ވޯޓު އަހުމަދު އާޒިމް - 3 ވޯޓު ބާތިލް - 30 ވޯޓު ސައްހަ - 502 ވޯޓު ޖުމްލަ ވޯޓު - 532 ވޯޓު

ގުރައިދޫ އާއި ގާދިއްފުއްޓާއި އެ ދާއިރާގެ މާލޭ ފޮށީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރަގީބް އަލީ އާއި ފަޒީލު އަބްދުއް ލަތީފަށް ލިބިފައިވާ ވޯޓުގެ ފަރަގު ހަންޏެވެ.

އެހެންވެ، އަލުން ވޯޓުލުން ބާއްވަން ނިންމާފައި އޮތަސް، ވޯޓުލުން ބާއްވާނެ ދުވަހެއް ކަނޑައަޅާނީ ދިޔަމިގިލި މޮނީޓަރިންގެ ހާލަތުން ނެގުމުންނެވެ.

ދާއިރާތަކުގެ ރައީސުންނަކީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގައި ހިމެނޭ ބައެކެވެ. ރައީސުލްޖުމްހޫރިއްޔާ، ކެބިނެޓް މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް ގައުމީ މަޖިލިސް ނުވަތަ ކޮންގްރެސްގައި ޖުމްލަ 142 މެމްބަރުން ތިބެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ 90،000 އަށް ވުރެ ގިނަ މީހުން ތިބިއިރު، ވޯޓު ލާފައިވަނީ 47،100 މީހުންނެވެ.