Advertisement

ސާފް ޗެމްޕިއަންޝިޕް: ފަސް ކުޅުންތެރިން ބާކީކޮށް، ގައުމީ ސްކޮޑް އިއުލާންކޮށްފި

26 ސެޕްޓެންބަރު 2021 - 21:26 2

ގައުމީ ޓީމުން ބާކީވީ ފަސް ކުޅުންތެރިން (ކ-ވ) މުލަކޭ، ތޮއްޕޭ، ލިލީ، ޗޯޓޭ އަދި ޔާމްބެ.


ސާފް ޗެމްޕިއަންޝިޕް: ފަސް ކުޅުންތެރިން ބާކީކޮށް، ގައުމީ ސްކޮޑް އިއުލާންކޮށްފި

26 ސެޕްޓެންބަރު 2021 - 21:26 2

ފަސް ކުޅުންތެރިން ބާކީކޮށް، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ނެގި 24 ކުޅުންތެރިންގެ ސްކޮޑު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިރޭ އިއުލާންކޮށްފި އެވެ.

ގަތަރުގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕަށް ފަހު ގައުމީ ޓީމުން ބާކީވީ މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި ޓީސީ ސްޕޯޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) އާއި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓޭ) އަދި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބް (މުލަކޭ) އެވެ.

ޓްރެއިނިން ކޭމްޕަށް އެންމެ ފުރަތަމަ ނެގި ސްކޮޑުގައި 30 ކުޅުންތެރިން ހިމެނުނު ނަމަވެސް ލިބުނު އަނިޔާ ރަނގަޅުނުވާތީ ކީޕަރު ހުސެއިން ޝަރީފް (ހުސެން) މާލޭގައި މަޑުކުރީ އެވެ. ހުސެން އަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ އަށް ވެސް މި ފަހަރު ޖާގައެއް ނެތެވެ.

ސާފް ޗެމްޕިއަންޝިޕަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި، ސާފް ޗެމްޕިއަންޝިޕްގައި އަލަށް ކުޅޭ 8 ކުޅުންތެރިން ހިމެނެ އެވެ. އެއީ މާޒިޔާގެ އިބްރާހިމް އައިސަމް އާއި ޔުނައިޓަޑް ވިކްޓަރީގެ އަލީ ހައިޝަމް (ޗުމްޕު) އާއި ޒުވާން ގޯލްކީޕަރު އަލީ ނާޖިހް އާއި ކްލަބް އީގަލްސްގެ ހުސެއިން ރާއިފް އަހުމަދު (ހަންނަ) އާއި މުހައްމަދު ނާއިމް އާއި ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަދި ދަ ގްރާންޑޭގެ ގާސިމް ސައްމާމް (ސައްމޭ) އެވެ.

އެކަމަކު މީގެ ތެރެއިން ޗުމްޕު އާއި ނާއިމް އަށް ގަތަރުގެ ކޭމްޕްގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އަނިޔާވެފައިވާތީ، އެ ކުޅުންތެރިންގެ އެންމެ ފަހުގެ ހާލަތު އިވެލުއޭޓްކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި ފަހަރުގެ ސްކޮޑުގައި މެދުކެނޑުމަކަށް ފަހު ސާފް ޗެމްޕިއަންޝިޕުގައި ކުޅޭ ދެ ކުޅުންތެރިން ހިމެނެ އެވެ. އެއީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިސްމާއިލް އީސާ އަދި މުހައްމަދު އުމެއިރު އެވެ. ދަގަނޑޭ ވަނީ 2005، 2008، 2009، 2011، 2013 އަދި 2015 ގެ މުބާރާތުގައި ކުޅެ މީގެ ތެރެއިން 2008 ގައި ތަށި ހޯދައިފަ އެވެ.

ސާފް ޗެމްޕިއަންޝިަޕަށް ނެގި 24 ކުޅުންތެރިންގެ ސްކޮޑް. -- ގްރެފިކްސް: އަދަދު


ގައުމީ ޓީމުގެ 24 ކުޅުންތެރިންގެ ސްކޮޑް:

މާޒިޔާ: އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)

އީގަލްސް: ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، މުހައްމަދު ނާއިމް، އަސްހަދު އަލީ (އަޑޭ)، އަހުމަދު ނޫމާން (ހެލްމެޓް)

ވެލެންސިއާ: އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް)

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ): އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު، އަލީ ހައިޝަމް (ޗުމްޕު)

ދަ ގްރާންޑޭ: ގާސިމް ސައްމާމް (ސައްމޭ)

ގަތަރުގެ ކޭމްޕަށް ފަހު ގައުމީ ޓީމު އެނބުރި މާލެ އަންނާނީ މާދަމާ ހެނދުނެވެ.

މި ފެށޭ މަހުގެ 1 އިން 16 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.